ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުޅުވާލައިފި އެވެ.

އެމްއެމްސީން ދޭ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައި ވާއިރު އެއިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށް އެމްއެމްސީ އިން ބުނެއެވެ.

އިނާމު ދިނުމަށް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި:

  • ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)
  • އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން
  • ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީ
  • ސިޔާސީ
  • ޝަރުއީ އަދި ގާނޫނީ
  • ވިޔަފާރިއާއި އިގުތިސާދު
  • ކުޅިވަރު
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް
  • ފީޗަރ / ރިޕޯޓް
  • އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު، ހިމެނެއެވެ.

އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިމަހު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން އެމްއެމްސީއަށް ހުށަހެޅުން ވަނީ އެދިފައެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3003995 ނުވަތަ 7967919 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން އެމްއެމްސީން އަންނަނީ ނޫސްވެރިކަމުގެ އިނާމު އެކި ދާއިރާތަކުން ދެމުންނެވެ. ހަމަ އެހެންމެ އެ އެވޯޑަކީ ވަކި ބަޔަކަށް "ބަހާ" އެވޯޑެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ އެވޯޑެކެވެ. އެ ގޮތުން އެވޯޑު ކޮމިޓީގައި ނޫސްވެރިކަމުގައި ހިމެނޭ ޒުވާން ކުދިން ތިބުމުން އިންސާފުވެރިކޮށް ޖަޖު ކުރަން ނޭނގުމަކީ ބައެއް މީހުން ފާހަގަ ކުރާ މައްސަލައެކެވެ.