ހދ. ކުޅުދުއްފުށީގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސްސީ) އިން ތަހުގީގު ކުރަން ނިންނަމައިފިއެވެ.

ޖޭއެސްސީން ބުނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ތަހުގީގު ކޮމިތީއެއް އެކުލަވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އެގޮތުން މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއިވާޖިބުތައް އަދާނުކުރާކަމަށް ބެލެވޭތީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، މި މައްސަލަ ތަހުގީގު ކުރަން ނިންމާފައި ވަނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި މި އަހަރުގެ 63 ވަނަ ބައްދަލުވުމުގައި ކަމަށެވެ. އަދި މި ނިންމުން ނިންމެވުމަށް އެ ކޮމިޝަންގެ 8 މެންބަރުން ބައްދްލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުންވެސް ވަކިކޮށްފައެވެ.

ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސލަަތައް ބަލަމުންދާނެ ކަމަށެވެ.