ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް އެކައުންތްތަކުން ހޯލްޑްކޮށްފައިވާ ޕެންޑިން ބައެއް ޓްރާންސެކްޝަންތައް ދާދި ފަހުން އެކައުންޓްތަކުން ކަނޑާފައިވާނެ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، ކާޑުން ފައިސާ ކަނޑާފައިވާ ބައެއް އެކައުންޓްތަކުގެ ޓްރާންސެކްޝަންތައް ހޯލްޑްކުރުމަށްފަހު އެ ޓްރާންސެކްޝަންތައް ދާދި ފަހުން އެކަނއުންތަކުން ކަނޑާފައިވާނެ ކަމަށެވެ. މި މުއާމަލާތްތައް ސާފު ކުރަން ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން އިންޓަނެޓް ބޭންކިންގްގެ ޓްރާންސެކްޝަނަށް ފިތާލުމުން އެ ޓްރާންސެކްޝަންތަކުގެ ތަރާިހް ފެނިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދީމާވި ދަތިތަކަށް އެ ކުންފުންިން ވަނީ މައާފަށް އެދިފައެވެ.

މީގެ އިތުރުން ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގައިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ކަމަކީ އެ ބޭންކުގެ ސިސްޓަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށް ބީއެމްލުން ބުނެއެވެ.

ބޭރުގެ ވެބްސައިތްތައް މެދުވެރިކޮށް ނުބައި މުއާމަލާތްތަކެއް ހިނގާފައިވާ ކަމުގެ ޝަކުވާ ބީއެމްއެލަށް ލިބިފައިވާ ކަމަށާއި އަދި އެކައުންތްތަކުން ފައިސާ އުނިވެފައިވާ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. މިފަދަ ހާލަތްތަކުގައި ޓްރާންސެކްޝަން ޑިސްޕިއުޓް ފޯމެއް ހުށަހެޅުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ. އަދި މި ފޯމް ހުށަހެޅުމުން ބީއެމްއެލް އިން އެ މައްސަލަ ހައްލުކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެއެވެ.