މިއަދު މ އަތޮޅު ފަޅަކަށް ސްނޯކްލިންއަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ 3 މީހުންނާއެކު ސްނޯކްލިން އަށް މ. މެދުފުށި ކައިރީ ފަޅުތެރެއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައި ވާ ކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

‏ސްނޯކްލިންއަށް ފައިބާފައި ވަނީ ތިން ދިވެހި ފިރިހެނުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

‏އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

‏ޑައިވިން އަށް ދާ މީހުން ގެއްލުމާއި ފަތުރުވެރިން މީހުން މަރުވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު ރާއްޖޭގައި މިހާރަކަށް އައިސް ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ.