ގއ. ދާންދޫ އިން 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ 2 މީހުން ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން ހެދި ޓެސްޓުންނެވެ.ތި ޕޮޒިޓިވްވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ.

އެކޭސްތަކާ ގުޅިގެން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުން ދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 137 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 129 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 8 މީހުންނެވެ.

ޖުމްލަ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ. އޭގެ ތެރެއިން 5155 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2615 އަށް ވަނީ އަރާފައެވެ.