އުމުރުން 79 އަހަރުގެ ފިރިހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ނިޔާވި މީހާއަކީ އައިޖީއެމްއެޗުގެ ޑީއެޗް-11 ގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.

އެމީހާ ނިޔާވެފައި ވަނީ ރޭގެ 1:42 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 29 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.‏ އޭގެ ތެރޭގައި ހިމެނެނީ 23 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުން ދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 137 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 129 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 8 މީހުންނެވެ.

ޖުމްލަ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ. އޭގެ ތެރެއިން 5155 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2615 އަށް ވަނީ އަރާފައެވެ.