ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 10 އަހަރުން ދަށުގެ 546 ކުއްޖަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 އަހަރުން ދަށުގެ 546 ކުއްޖަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެއް އަހަރާއި 10 އަހަރާ ދެމެދު އެކްޓިވް ކޭސްގެ ގޮތުގައި 247 ކުއްޖަކު އެބަ ތިއްބެވެ.

އެގޮތުން 1 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 58 ކުއްޖަކު ޕޮޒިޓިވް ވެފައި ވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 25 ކުދިން އެބަތިއްބެވެ. 2 އަހަރުގެ ކުދިންގެ ތެރޭގައިވެސް ޖުމްލަ 62 ކުއްޖަކު ޕޮޒިޓިވް ވެފައި ވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 30 ކުދިން އެބަތިއްބެވެ. 3 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 50 ކުއްޖަކު ޕޮޒިޓިވް ވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 23 ކުދިން އެބަތިއްބެވެ.

4 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 51 ކުއްޖަކު ޕޮޒިޓިވް ވެފައި ވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 24 ކުދިން އެބަތިއްބެވެ. 5 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 44 ކުއްޖަކު ޕޮޒިޓިވް ވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 21 ކުއްޖަކު އެބަތިއްބެވެ. 6 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 56 ކުއްޖަކު ޕޮޒިޓިވް ވެފައި ވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 27 ކުދިން އެބަތިއްބެވެ. 7 އަހަރުގެ ކުދިންގެ ތެރޭގައި 50 ކުއްޖަކު ޕޮޒިޓިވް ވެފައި ވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 23 ކުދިން އެބަތިއްބެވެ.

އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ 8 އަހަރުގެ ކުދިންނެވެ. އެގޮތުން ޖުމްލަ 72 ކުއްޖަކު ޕޮޒިޓިވް ވެފައި ވެއެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 32 ކުދިން އެބަތިއްބެވެ. 9 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 47 ކުއްޖަކު ހިމެނޭއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 15 ކުދިން އެބަތިއްބެވެ. 10 އަހަރުގެ ކުދިންގެ ތެރޭގައި ޖުމްލަ 27 ކުއްޖަކު ޕޮޒިޓިވް ވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 27 ކުއްޖަކު އެބަތިއްބެވެ.

އަހަރު ނުވާ 29 ކުއްޖަކު ހިމެނޭ އިރު އޭގެ ތެރޭގައި 16 ކުއްޖަކު އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެއެވެ. އެގޮތުން ޖުމްލަ 27 ކުދިންގެ ތެރޭގައި އެންމެ ކުޑަކުދިން ގޮތުގައި ހިމެނެނީ 11 ދުވަހާއި 27 ދުވަހާއި 23 ދުވަހާއި 3 ދުވަހުގެ ކުދިންނެވެ. މީގެ އިތުރުން 1 މަހުގެ 3 ކުއްޖަކާއި 2 މަހުގެ އެއް ކުއްޖަކާއި 3 މަހުގެ 2 ކުއްޖަކާއި 4 މަހުގެ 2 ކުއްޖަކު ހިމެނެއެވެ.

އަދި 5 މަހުގެ 2 ކުއްޖަކު ހިމެނޭ އިރު، 6 މަހުގެ 4 ކުއްޖަކު ހިމެނެއެވެ. 7 މަހުގެ ކުދިންނަށް ބަލާއިރު، 7 ކުއްޖަކު ހިމެނެއެވެ. 9 މަހުގެ 2 ކުއްޖެއްގެ އިތުރުން 10 މަހުގެ ކުައްޖަކާއި 11 މަހުގެ ކުއްޖަކު ހިމެނޭ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބު ތަކުން ދައްކައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ ބާރު މިނަށް ބަލާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 137 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 96 މީހުންނަކީ ދިވެހިންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7804 އަށް އަރާފައި ވާއިރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2615 މީހެކެވެ. އޭގެ ތެރެއިން 172 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ.

އަދި 1451 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7804 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 5155 އަށް އަރާފައެވެ.