އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާ ކުށްވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.
އަދުރޭ މިއަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެއްޓުނު 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު މުޅި ގައުމުގައި ހުޅުޖެހީ އަދި ފަތުރުވެރިން ނާންނަން ގޮވަމުން ދުނިޔެތެރޭ ދުވީ ގައުމަށް ހެޔޮ އެދިގެންތޯ އާއި ރާއްޖެ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވުމާއި، ބޭރުގެ ބާރުތަކުން އަރާ ރާއްޖެ ހިފަން ގޮވަމުން ދިޔުމަކީ ގައުމަށް ހެޔޮއެދިގެން ކުރައްވާފައިވާ ކަމެއްތޯ އަދުރޭ ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި ދައުލަތުގެ ހަޒާނާ ދޮވެލާފައި ވަނީ ވެސް ގައުމަށް ހެޔޮ އެދިގެންތޯ ރައީސް ސޯލިހު ޓެގް ކުރައްވާ އަދުރޭ ކުރެއްވި ޓްވީޓުގައި ވަނީ ސުވާލު އުފައްދަވާފައެވެ.
އަދުރޭ އެފަދައިން ވިދާޅުވެފައި ވަނީ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުން ދާއިރު ބައެއް ފަރާތްތަކުން މާސްކުވެސް އެޅުމެއް ނެތި، ޒިންމާދާރު ބައެއް އިސް ފަރާތްތައްވެސް ހިމެނޭ ގޮތުން އިދިކޮޅުން ހަރަކާތެއް ބާއްވައިފި ކަމަށާއި އެ ހަރަކާތަކީ އެޗްޕީއޭގެ ގައިޑުލައިންތަކާވެސް ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވާއިރު އެކަން ރައީސް ކުށްވެރި ކުރައްވާފައި ވުމުންނެވެ.
އިއްޔެ ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.
ފުލުހުން ވަނީ އިއްޔެ ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ޕޮލިހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ތިމާވެށި ހިމާޔަތް ކުރަން އައިމީހުން ތިމާވެށި ނޮޅާލާ ތިމާވެށި އޮޅާލަނީއޭ އޮޅާލަނީއޭ ތަމެން ތިމާވެށި އޮޅާލަނީތޭ އޮޅާލަނީތޭ އޮޅާލަނީތޭ އޮޅާލަނީތޭ އޮޅާލަނީތޭ އޮޅާލަނީތޭ އޮޅާލަނީތޭ ތަމެން ޔޫ ކޭން ނެވަރ ބީ ޓްރަސްޓެޑް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް އާއްހާއް ހޯއް ހޯއް ހޯއް އައި ޑިޑް ރިމައިންޑް ޔޫ އިޓް...