މަގުމަތީގައި މާސްކު ނާޅާ އުޅުނު 2637 މީހަކަށް ނަސޭހަތްދީ، 1010 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް މާސްކު ނާޅާ އުޅުނު 2637 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 1010 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

މާސްކު ނާޅާ ނަމަ ޖޫރިމަނާގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޭރަށް ނިކުމެ އުޅޭއިރު އަޅަން ޖެހެނީ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށެވެ.

ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާ ބަޔަކު އުޅެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކު އަޅާއި މާސްކު ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރުމަށް ނިކުމެ އުޅޭ ވަގުތު ކަސްރަތު ކުރާ މީހުންނެވެ.

މާސްކު އަޅާއިރު، މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެއީ އަމިއްލަ ރައްކާތެރި ކަމަށްޓަކައި ހުރުން ލާޒިމް ސިފަތަކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މާސްކް އެޅުން މަޖުބޫރު ކޮށްފައި ވާއިރު، ޒަރޫރީ ބޭނުމަށް ނޫނީ ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުނޅަދު ދުއްވުމަކީ ވެސް ވަނީ ކަމެކެވެ.