އަތޮޅު ތެރޭގެ 10 ރަށަކުން 15 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރޭގައި 1 އަަހރުގެ ކުއްޖަކާއި ނިޔާވި ފަހުން ޓެސްޓް ކޮށް ޕޮޒިޓިވް ވި ފަރާތެއްވެސް ހިމެނެއެވެ.

ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 3 އަންހެނަކާއި، ކުޑަކުއްޖަކު ލައިގެން 12 ފިރިހެނުން ކަމަށެވެ.

ޕޮޒިޓިވް ވި މީހުންނާއި ރަށްތައް؛

  • ބ. އޭދަފުށި، 48 އަހަރު ފިރިހެން
  • ދ. ރިނބުދޫ، 26 އަހަރު ފިރިހެން، 6 އަހަރު އަންހެން އަދި 1 އަހަރު ފިރިހެން
  • ކ. ގުރައިދޫ، 48 އަަހަރު ފިރިހެން (ނިޔާވެފައި)
  • ރ. ދުވާފަރު، 81 އަަހރު ފިރިހެން
  • ސ. ހިތަދޫ، 24 އަހަރު ފިރިހެން
  • ފ. ދަރަނބޫރޫ، އިންޑިއާ މީހެއް (އުމުރު ނެތް)
  • ތ. އޮމަދޫ، 28 އަހަރު ފިރިހެން
  • އައްޑޫ އަތޮޅު (ރަށެއް ނެތް)، 27 އަހަރު ފިރިހެން، 27 އަހަރު އަންހެން އަދި 26 އަހަރުގެ ބަންގަލަދޭޝް ފިރިހެނެއް
  • ފ. ބިލެތްދޫ، 11 އަަހރު ފިރިހެން
  • ކ. މާފުށި، 26 އަހަރު އަންހެން

މިއަދު ރާއްޖޭން ވަނީ 133 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 103 މީހުންނަނީ ދިވެހިންނެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2588 މީހެކެވެ. އޭގެ ތެރެއިން 171 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1458 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 6912 އަށް އަރާފައި ވާއިރު އޭގެތެރއިން މީހުންގެ ތެރެއިން 27 މީހަކު ވަނީ ނިޔާވެފައެވެ.

އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4297 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 75 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.