މާލެ ސިޓީ ކައުންސިލްގެ މޭޔާ، ޝިފާ މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައެއް ސިޓީ ކައުންސިލްގެ މެންބަރަކު ހުށަހަޅުއްވައިފިއެވެ.
އިތުބާރު ހުރި ފަރާތަކުން "ދަ ޕެރެސް" އަށް މައުޅުމާތު ދެމުން ބުނީ އިއްޔެ ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 103 ވަނަ ރަސްމީ ޖަލްސާގައި ވަނީ މޭޔަރުގެ މައްޗަށް ހުށަހަޅަފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދިއުމަށްޓަކައި މޭޔަރު ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.
އެ މައްސަލައަކީ 2019 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން ގެނެވުނު ބަދަލާއެކު ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ފަހު ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
އެ މައްސަލައިގައި އެލްޖީއޭން ލަފާދީފައި ވަނީ ގާނޫނާ އެއްގޮތައް ކުރިއަށް ގެންދިއުމަށް ކަމަށާއި އިއްޔެގެ ބައްދަލުވުމަކީ އޭގެ ތެރެއިން ކުރިއަށް ގޮސްފައިވާ ބައްދަލުވުމެއް ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.
އެގޮތުން އެ ބައްދަލުވުމުގައި މޭޔަރު މައްޗަށް އިތުބާރު ނެތް ކަމަށް ފެންނަ މައްސަލަތައް މޭޔަރަށް އިއްވާ، އެކަމަށް ޖަވާބު ދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ދޭން ޖެހޭތީ އެ މުައްދަތު ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި 10 ދުވަހަަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެކަން ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޭޔަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމަށް ނުފެންނަ ކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު އާއި ކައުންސިލާ ޒަމީރު ވަނީ ދެކޮޅު ހައްދަވާފައެވެ. އޭގެ އިތުރުން ހާޒިރުވި 8 ކައުންސިލްގެ މެންބަރުންގެ ތެރެއިން ލާމަރުކަޒީ ގާނޫނާ އެއްގޮތައް މޭޔަރާއި ޑެޕިއުޓީ މޭޔަރު އިހުމާލުވެފައިވާ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް ވޯޓު ދެއްވާފައިވާ ކަމަށްވެސް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ ކުރިން މިދިޔަ ޖުލައި މަހުވެސް ވަނީ މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެެވެ. ދެވަނަ ފަހަރަށް މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވާއިރު، ކައުންސިލަރުންނާއި މޭޔަރާ ދެމެދު ހިޔާލު ތަފާތުވެ، މައްސަލަ ބޮޑުވެ ކުރިޔަށް ނުގެންދެވި ބައެއް ޖަލްސާތައް ހުއްޓާލައިފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.
ތި ޝިފާ އަކީ ބޭކާރު އަނގަ ތެޅުން ފިޔަވާ އެއްކަމެއްވެސް ކުރެވޭ މީހެއްނޫން