ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު، 22041304 އަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެވެސް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވަނީ އިންޑިއާއިންނެވެ.
- އިންޑިއާ: 54288 އާ ކޭސް | 2701604 ޖުމުލަ ކޭސް
- އެމެރިކާ: 40612 އާ ކޭސް | 5612027 ޖުމުލަ ކޭސް
- ބްރެޒިލް: 23038 އާ ކޭސް | 3363235 ޖުމުލަ ކޭސް
- ކޮލަމްބިއާ: 8328 އާ ކޭސް | 476660 ޖުމުލަ ކޭސް
- ރަޝިއާ: 4892 އާ ކޭސް | 927745 ޖުމުލަ ކޭސް
ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މި ބަލީގައި ނިޔާވެފައިވަނީވެސް އިންޑިއާއިން ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން އިއްޔެ އެކަނިވެސް އެގައުމުން 880 މީހަކު ކޮވިޑް-19ގައި މަރުވި ކަމަށް ރެކޯޑް ކޮށްފައިވެއެވެ. މިއާއެކު އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 51925 އަށް އަރާފައެވެ. އިންޑިއާއަށް ފަހު މި ލިސްޓުގައި އެންމެ ކުރީގައި ދެން އޮތީ 775 މަރުގެ ކޭސް ރިޕޯޓް ކުރި ބްރެޒިލް އަދި 589 މަރުގެ ކޭސް ރިޕޯޓް ކުރި އެމެރިކާއެވެ. މި 3 ގައުމަކީވެސް ކޮވިޑް-19ގެ ނުރައްކާ މިވަގުތު އިންތިހާއަށް ބޮޑުވެފައިވާ 3 ގައުމެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މިވަގުތު އެންމެ އެކްޓިވް ކޭސްތައް ގިނައީވެސް އެމެރިކާ (2464724)، ބްރެޒިލް (776087) އަދި އިންޑިއާ (673431) ގައެވެ. މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެކްޓިވް ކޭހުގެ ގޮތުގައި 6480440 ކޭހެއް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 99 ޕަސެންޓް ޕޭޝަންޓުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ކުޑަކޮށެވެ. ހާލު ސީރިއަސް ނުވަތަ ކުރިޓިކަލް ކޮށްފައިވަނީ 62065 ޕޭޝަންޓެކެވެ.
މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 777194 މީހަކަށް ވަނީ ޝިފާ ލިބި، ރަނގަޅުވެފައެވެ. މި ބައްޔަށް އަދިވެސް ވަކި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ކޮވިޑް-19ގައި އެކި މީހުންގެ ހަށިގަނޑުން ފެންނަނީ އެކި ކަހަލަ އަލާމާތްތަކެވެ.