އެޗް 78 ގްރޫޕްގެ ފަރާތުން ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) އަށް 5000 މާސްކް މިއަދު ހަދިޔާ ކޮށްފައެވެ.

އެޗް 78 ގްރޫޕްގެ ފަރާތުން މިތަކެތި ހަވާލު ކޮށްދެއްވީ އެކުންފުނީގެ ސީއީއޯ، އަފާފް އަބްދުލްމަޖީދުއެވެ. އަދި ނެޝަނަލް ބޯޓިންގް އިން މިތަކެއްޗާ ހަވާލުވީ އެޖަމިއްޔާގެ ރައީސް، އަހުމަދު އަފްރާހުއެވެ.

އެޗް 78 އަކީ 2015 އަހަރުން ފެށިގެން ހުޅުމާލޭ ގައި ހިންގާ 14 ކޮޓަރީގެ ބީޗްފްރަންޓް ގެސްޓް ހައުސްއެކެވެ. އެޗް 78 ގައި ތިންފަންތި އެއްގެ ކޮޓަރި އާއި ފަތުރުވެރިންނައް ހިދުމަތް ދިނުމުގައި ތަފާތު އެކްސްކާޝަންތައް ރާވާ ހިންގައެވެ. އަދި އެތަނުގައި ހިންގާ ދަ ކެޗް 78 ރެސްޓޯރަންޓަކީ ހޮޓަލުގައި ތިބޭ ފަތުރުވެރިންގެ އިތުރުން ދިވެހިން ފަރިތަ ތަނެކެވެ.

މި ހަފްތާގައި އެންބީއޭއެމް އިން ވަނީ ސަފާރީ ބޯޓުތަކުން ފުރާ ފަތުރުވެރިންނަށް އަމާޒުކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެޗްޑީސީ، އެޗްޕީއޭ އަދި ޕޮލިސް ގެ އެހީތެރިކަމާ އެކު ޓެސްޓިން ހަޓް ގާއިމު ކޮށްފައެވެ.