އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަަރަންޓީނުގައި ހުރި ފުލުހެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

'ދަ ޕްރެސް' އަށް އެކަން އައްޑޫ ސިޓީގެ ކައުންސިލް މެންބަރަކު ވަނީ ކަށަވަރު ކޮށްދީފައެވެ.

ޕޮޒިޓިވްވި ފުލުހަކީ މީގެ ދެދުވަސް ކުރިން ފޭދޫއަށް ދިޔަ އުމުރުން 38 އަހަރުގެ ފުލުހެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ މާލެއިން ނެގި ރެންޑަމް ސާމްޕަލްން އަކުން ކަމަށާއި ނަތީޖާ ލިބިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކޭސް އާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާއިރު ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް ހަ ފުލުހަކު ފާހަގަ ކުރެވިފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ އައްޑުއަށް ދަތުރު ކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 12 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ޏ.ފުވައްމުލަކު ސިޓީއެވެ.

ރާއްޖެއިން މިހާތަނަށް 4898 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 19 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.