ވ. ރަކީދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް ލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފިއެވެ.

ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު އެވެ. އެމަޝްރޫއު ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި އެ މަޝްރޫއަކީ 18.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްކަތާއި 429 ސްކުއެއާ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހަދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.