ވ. ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެން ދިޔަ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 05 ސެޕްޓެމްބަރު 2019 ގައި ކަމަށެވެ. އަދި ސަރުކާރުން ހަވާލުކޮށްފައި ވާ މި މަޝްރޫއުއަކީ 5.18 މިލިއަން ރުފިއާގެ މަޝްރޫއުއެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، 61 މީޓަރުގެ ބޭރު ސަރަހައްދެއްހައި ބޭރު ތޮއްޓެއްލުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއު ގެ ދަށުން ހިންގާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ފެބްރުއަރީ 2020ގައި ކަމަށާއި އެމަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 30 ޑިސެމްބަރު 2019 ގައި އީއައިއޭ ހުއްދަ ހޯދުމަށްފަހުގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެކުންފުން ދެ ވަނަ ކުއާޓާ ތެރޭގައި 14 މަޝްރޫއުއެއް ނިންމާފައިވާ ކަމަށާއި އަށް މަޝްރޫއުއެއްގެ މަސައްކަތް މި ކުއާޓާރު ތެރޭގައި ފަށާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަައެވެ.