ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރަންޓެއް ހުޅުވުމުން ހަރަދު ކުޑަވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ރެސްޓޯރަންޓަކާއި ކަސްރަތު ކޮޓަރި އަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހަދާ ތަނެއް ކަމަށެވެ.
އެގޮތުން މަޖިލީހުގައި ރެސްޓޯރަންޓު ހެދުމުން މަޖިލީހުގެ ބަޖެޓަށް ލުއިވެގެން ދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ ރެސްޓޯރަންޓުން މަޖިލީހުގެ މީހާޜުގެ މެމްބަރުންނަށާއި ކުރީގެ މެމްބަރުންނަށް ވެސް ހިދުމަތް ލިބޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މުވައްޒަފުންނަށް އެހިދުމަތް ލިބިގެންދާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގައި ހިންގުމަށް ހަމަޖެހިފައިވާ އެ ރެސްޓޯރަންޓުގައި މަޖިލިސް މެންބަރުންނަށް ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ނަޝީދު ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓާއި ޖިމް ހިންގުމުގެ ޕްރޮޕޯސަލް ހުޅުހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މަޖިލީހުގަ މަސާޖު ޕާލާއެއް ހުޅުވިޔަސް ހަރަދު ކުޑަވާނެ