ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއެއް ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ސައްޙަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެމީހާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ.

އެމީހާ އަކީ 40 އަހަރުގެ މީހެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މީހުންނާއި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ގިނަ މީހުން އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.

މި އަހަރު މިހާތަނަށް ފޭކް ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ އަދަދު 20 އަށް އަރާފައިވާއިރު، މިހާރުވެސް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ތެރެއިން ގިނަ ބިދޭސީ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.