ރާއްޖޭގައި ޝިޕިން އެޖެންޓުން، މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދަށް ބަދަލުތައް ގެނެސް ގެޒެޓް ކޮށްފައި ވާއިރު ޝިޕިން އޭޖެންސީގެ ހިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެމުއްދަތު އަންނަ މަހުގެ 16 ވަނަ ދުވަހު ހަމަވާއިރު ޝިޕިން އެޖެންޓުން ނުވަތަ ފުރައިޓް ފޯވާޑަރުން މަސައްކަތް ކުރަމުން ގެންދޭތޯ އެ ގަވާއިދުގެ ދަށުން ބަލަން ފަށާނީ ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން (17 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން) ކަމުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.