ހުޅަނގުން އިރަށް، އުތުރުން ދެކުނަށް ބެލި ކަމުގައި ވީ ނަމަވެސް، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލި ޖައްސާ ވައިރަހަކީ، މި ބަލިމަޑުކަމުގެ ފެށުން ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓްކުރި އޮތް ގޮތަށް އޮތް ވައިރަހެއް ނޫނެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސަނީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް2)ގެ ރަސްމީ ނަމުން ނަންދީފައިވާ ވައިރަހެކެވެ. ސާސްކޯވް2 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ވައިރަހަށް ބަދަލުތަކެއް އައިސް، ބާރުގަދަވަމުންދާ ވާހަކައަކީ މިއަދު އާ ވާހަކައެއް ނޫނެވެ.

ސާސްކޯވް2 ވައިރަހުގެ ވިރާސާހީ ބަހާ (ޖެނެޓިކް މެޓީރިއަލް) އަށް އެތައް ހާސް ބަދަލެއް އައިސްފައިވާކަމަށް ސައެންސްވެރިން ބުނަމުންދާއިރު، ވައިރަސް އުޅޭ ގޮތަށް ބާލަނަމަ ފާހަގަކުރެވިފައިވަނީ މައިގަނޑު 1 ބަދަލު ކަމަށް ބުނެވެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. އިންފެކްޓް ކުރުމުގެ ގަދަ ބާރެއް ލިބުނީތޯ؟ އިންސާނުންގެ ފުރާނައަށް އިންތިހާ ނުރައްކާވަނީތޯ؟ މިއީ ވެކްސިންގެ ކުރިމަގަށް އެޅުނު ހިޔަންޏެއްތޯ؟ މިއީ ހައްތާވެސް އުފެދޭ ސުވާލެވެ.

ކަމާބެހޭ ފަރާތްތަކުން ބުރަވާ ގޮތުގައި ވައިރަސް ބަދަލުވަމުން އަންނަނީ ލަސް ދުވެއްޔެއްގައެވެ. މި ވައިރަހަށް ގުދުރަތީ ގޮތުން ދިފާއު ލިބިފައިވަނީ ނިސްބަތުން މަދު ބަޔަކަށް ކަމަށް ވެފައި، މިވަގުތު ވެކްސިނެއް އަދި ފަރުވާއެއް ނެތުމަކީ އިންސާނީ ވެއްޓަށް އަހުލުވެރިވުމަށް މި ވައިރަހަށް މާ ބޮޑު ޕްރެޝަރެއްވެސް ނޫނެވެ.

ސާސްކޯވް2 އަށް އައިސްފައިވާ އެންމެ ބޮޑު ބަދަލަށް ދީފައިވާ ބަދަލަކީ ޑީ614ޖީއެވެ. މި ބަދަލު އެކުލެވެނީ، ވައިރަހުގެ "ސްޕައިކް" ޕްރޮޓީން ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ސެލްތައް ފޫއަޅުވާލާ، ވަކި ހިއްޕާލުމުގެ ބައިގައެވެ. މި ބަދަލު އެންމެ ފުރަތަމަ ފާހަގަވާން ފެށީ، ބަލީގެ ފުރަތަމަ ކޭސްތަކުގެ ހުޅުގަނޑު ވޫހާންގައި ފަޅައިގެން ދިޔަ ފަހުންނެވެ. ބުރަވެވޭ ގޮތުގައި އިޓަލީވިލާތުންނެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ނަގާ ސާމްޕަލްގެ 97 ޕަސެންޓް އޮންނަނީ މިގޮތަށެވެ.

ވައިރަހަށް އައި ބަދަލާއެކު ބަލިޖެހޭ މީހުންގެ އަދަދަށް ބަދަލު އައިކަން ކަށަވަރު ކުރަން ދައްޗެވެ. ސަބަބަކީ ލޮކްޑައުން ފަދަ ފިޔަވަޅުތަކާއެކު، ބަލި ފެތުރޭ މިންވަރަށް އިތުރު ބަދަލުތަކެއް ގެނެވިފައި އޮތުމެވެ.

ދެން އޮތީ ވެކްސިންގެ ކުރިމަގާ މެދު ކުރެވޭ ސުވާލެވެ. ވައިރަހުގެ ވިރާސީ ބަހާއަށް ބަދަލުތަކެއް އައެއް ކަމަކު ވެކްސިނަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެހެނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިންތައް ތަރައްގީ ކުރަމުންދަނީ ވައިރަހުގެ ސްޕައިކް ޕްރޮޓީންގެ އެކި ހިސާބުތަކަށް ބަލައިގެން ކަމެވެ. ނަމަވެސް މިކަމަކީ ސައެންސްގެ ރޮނގުން ފިސާރި ސަމާލުވެ، ފަރާވެރިވާންޖެހޭ ކަމެކެވެ.