ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ހައްޔަރު ކުރި 19 ބިދޭސީންގެ ބަންދު ރިވިއު ކުރުމަށާއި ކޯޓަށް ހުށަހެޅި ފޯމުގައި ސައްހަނޫން މައުލޫމާތު ހިމަނާފައިވާތީ އެކަންވެސް ތަހުގީގު ކޮށް ދިނުމަށް ގާނޫނީ ވަކީލުންގެ ޓީމަކުން ޕީޖީގައި އެދިއްޖެއެވެ.
ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ބިދޭށީންގެ ފަރާތުން މިހާތަނަށް ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު، އެ މައްސަލައިގައި ހައްޔަރުކުރެވިފައިވާ ބިދޭސީންނަކީ ހައްޔަރުގައި ތިބެންޖެހޭ ބައެއް ނޫންކަމަށެވެ.
އެ މައްސަލައިގައި ބަންދުގައި ތިބެންޖެހެނީ އެ ބިދޭސީންގެ ފުރާނައަށް ނުރައްކާ ކުރިމަތި ކުރުވަން މަސައްކަތް ކުރި މީހުންކަން އެނގޭތީ ރިޕޯޓުގައި އެކަން ފާހަގަކޮށް ޕީޖީން އަމިއްލައަށް އިސްނަގައިގެން ބަންދުކޮށްފައި ތިބި 19 ބިދޭސީންގެ ބަންދު ރިވިއުކޮށް ދިނުމަށް ކޯޓަށް ހުށަހެޅުމަށް އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ހައްޔަރު ކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބ. އޭދަފުށީ ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ފޯމުގައި ސައްހަނޫން މައުލޫމާތު ހިމަނާފައިވާތީ އެކަންވެސް ވަކިން ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި މަހުގެ 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި، މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރި ބިދޭސިން ހައްޔަރު ކުރި ގޮތާއި، މުއްދަތު އިތުރު ކުރި ގޮތާއި، އެ ހާދިސާ ހިނގި ގޮތް އޮޅުން ފިލުވުމަށް ގާނޫނީ ވަކީލުންގެ ޓީމުން ބިދޭސިންނާއި ވަކިވަކިން ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ މައުލޫމާތު ސިއްރު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް ޝައްކު ކުރެވޭ ކަމަށް އެ ބަޔާނުގައި ބުނެއެވެ.
އެ ގޮތުން 9734049 ނަންބަރުން ގުޅާފައިވާ ކަމަށާއި އަދި އެ ކޮޅުން ވާހަކަ ދެއްކި ފަރާތުން އޭނާއަކީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ބެލުމާ ހަވާލުވެ ހުރި އައިއޯ ކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އޭނާ ބުނެފައިވަނީ ޖޭއެސްސީއަށް މައްސަލަ ހުށަހަޅާން ޖެހޭނީ ކީއްވެތޯ އަހާފައި ކަމަށާއި އަދި ވަކީޅޫންގެ ޓީމުން ނެރުނު ބަޔާނުގެ ސަބަބުން ކޯޓާއި ފުލުހުންގެ ނަމަށް ހުތުރުވާ ކަމށް ބުނެފައި ވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި މީހަކު އެއްޗެކޭ ބުނާއިރަށް އޭގެ ތެދު ދޮގު ނުބަލައި ލިޔަން ނުޖެހޭ ކަމަށްވެސް އެ ފަރާތުން ބުނެފައި ވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ބ. ބޮޑުފިނޮޅުގައި ހިނަގއި ދިޔަ ހާދިސާތަކުގައި ބިދޭސީންނަށް އަނިޔާވެރިވުމުގެ ގޮތުން ބިދޭސީންގެ ފުރާނައަށް ގެއްލުން ދިނުމަށާއި ބިދޭސީންގެ ފުރާނައަށް ގެއްލުމެއް ކުރިމަތިކުރުވުމަށާއި ބިރު ދެއްކުމާއި، ގޭންގު ހަދައި ޓެރަރިޒަމް ކުށްކުރަން އުޅުމާއި މުސާރަ ނުދީ ބިދޭސީން ޑީޕޯޓުކޮށްލާނެ ކަމަށާއި ބިދޭސީންނަށް ހަމަލާދީ ކަރު ބުރި ކޮށްލާނެ ކަމަށް ބުނެފައިވާކަމަށް ސީލް މޯޅޤޑިވްސްގެ ތިުނ މީހެއްގެ މައްޗަށް އެ ބިދޭސީން ތުހުމަތު ކުރާ ކަމަށް ވަކީލޫންގެ ޓީމުން ބުނެއެވެ.
އެގޮތުން ތުހުމަތު އޮތް މީހުންނަކީ ސީލް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ހަންނާނު އަބޫބަކުރާއި، އަދި ހަންނާނަށް ބޮޑުބޭބެ ކިޔާ ބ. ތުޅާދޫގައި ހުރި ސީލް މޯލްޑިވްސްގެ މުވައްޒަފެއް ކަމަށްވާ ނާއިލް އަބްދުއްރަހީމް އަދި ސީލް މޯޅްޑިވްސްގެ ފަރާތުން ސައިޓް ބަލަހައްޓަން ހުންނަ މުހައްމަދު އިދްރީސް ކަމަށް ވަކީޅުން ނެރުނު ބަޔާޏުގައި ބުނެފައި ވެއެވެ.
މި މަހުގެ 2 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ބިދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ.
މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.
ކޮބާ ހެކި ތި ޤާނޫނީ ވަކީލުންނޭ ކިޔާ މީހުންނައް އެއްވެސް ސައްޙަ ހެއްކެއްހިސާބުވެސް ނުލިބޭ ޔޯ ޔޯ ކިޔާއިގެން އަޑުއަރުވަން އިންގެނީ، މިހާރުވެސް އެ ބަންގާޅީން ދީފަ ހުރި ބަޔާންތަކުގަ އެހެރީ ނައްޓުބުނީ މިހެން ހަދަން އަލީރިޒާ ބުނީ މިވެނިކަމެއްކުރަން ބުނެފަ އެ އީ އިންގޭ ހެއްކަކީ.
ޓެރަރިޒަމް ކުށްކުރަން އުޅުމާއި މުސާރަ ނުދީ ބިދޭސީން ޑީޕޯޓުކޮށްލާނެ ކަމަށާއި ބިދޭސީންނަށް ހަމަލާދީ ކަރު ބުރި ކޮށްލާނެ ކަމަށް ބުނެފައިވާކަމަށް ސީލް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ހަންނާނު ހަޔަރުކުރޭ
ކޮބާތޯ ވަގު ކޮންޕެނީ ހެދި މީހުން އެކޮމްޕެނީން ގެނައި ލައްކަގިނަމީހުން ތިރަށެއްގަވެސް މަސައްކަތް ކުރިކަމައްވޭ. ފައްޔާޒު އާ އަލީ ރިޒާ ވެގެން ކޮއްގެން އުޅޭކަމެއްތީ.
ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުން މީހުން ދިޔައީ ށ. އަތޮޅު މީހުން ބާލަންވެގެންނޭ މެމްބަރު އަލީ ރިޒާ ގެ އެންގުމަކައް އެދިޔަ ވަގުތު ޕޮލިހުން ފަހާލީ ބަންގާޅީންތައް.
ކުއްކުރި މީހާ އަތުން ނަގާމައުލޫމާތަކުން ކުއްވެރިއާ ކުށެއް ނުވާނެ
ތީދެން ބޮޑުވަރު އަޅެފަހެ ތީ ހަމަ ޝަރިއްޔަތް ކުރުމުގެ ހުއްދަ ދޫކޮއްފަ ތިބި ލޯޔަރުންބާއޭ ހިތައްއަރާ، ކޮންމެސްވަރަޖައް ހަމަޖެހޭ ވާހަަކަ ދައްކަބަލަ ތިދައްކާ ވާ ހަކަ ތުއްތު ކުއްޖަކުވެސް ގަބޫލު ނުކުރާނެމިހާރު
ތުއްތު ކުއްޖަކަށްވެސް އިގޭނެ މަސައްކަތް ކުރީމަ އުޖޫރަ ދޭން ޖެހޭނެ ކަން. ހަމަ ގައިމުވެސް އަހަރެންގެ އަބިދަރިންނަށް ހަރަދު ކުރަން ބުރަމަސައްކަތް ކުރީމަ އުޖޫރަ ނުދިނީމަ އަހަރެން ކުރާނީ އެއައް ވުރެ ބޮޑުވަރު. ކޮންމެ މީހަކަށް ވިޔަސް ހައްގެއް ވާނީ ހައްގަކަށް
ކޮއިފުޅާ ތިޔޮއް އަމިއްލަ އަތައް ގިވަނީ، މޮޔަގޮވަން ހަދައިގެން ރިޒްގެ ހަމައެކަނި ތިބީ 14 މުވައްޒަފުންނޭ ކިޔާފަ މިހާރު ހައްޔަރު ކުރި 19 މީހުން ނަކީވެސް ރިޒް ގެ ބަޔަޖައްވެއްޖެ ދޯ. އަދި ބުނި ޕޮލިހުންނާ ދިމާކުރީ އެ އީ ތުޅާދޫ އިން އައި ބައެއްކަމަށޭ އެކަމު ބޮޑުފިނޮޅުން ފައިބަން އައި ޕޮލިހުންތަކަކައް ހަމަލާދިނީ ހަމަ އެއީ ތުޅާދޫ އިން އައި ބައެއްކަމައްތަ. މިހާރު އެބައިންގޭ ތިކުޅޭގޭމް އެންމެންނައްވެސް ފެއިލްވެފަ އޮތް ސަރުކާރެއް