އިމިގްރޭޝަން ގާނުނަށް ހެއްވާ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ ހުށަހަޅުއްވައެވެ. ރައީސް މުއަހްމަދު ނަޝީދުގެ މަގުސަދަކީ ކޮބައިކަން ސާފު ނުވިޔަސް އެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހަކީ، މި ފަހުގެ ތާރީހުގައި ގާނޫނަކަށް ގެންނާނެ އެންމެ ހެއްވާ އިސްލާހަށް ވާނެއެވެ.
އެހެނަކުން ނޫނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ދާދި އެއް ފާޑެއްގެ އިހުތިސޯސްތަކެއް ގައުމުން ބޭރު މީހުނަށް ދެއެވެ. އެއީ އެހެނަސް، ވަގި ގިންތި އެއްގައި ހިމެނޭ މުއާމަލާތްތަކެއްގައި އޮންނަ އިހުތިސޯސްތަކެކެވެ.
އިމިގްރޭޝަން ގާނޫނަށް ގެންނަން ރައީސް ނަޝީދު ހުށަހަޅުއްވައިގެން އުޅެނީ، 10 އަހަރަށް ރާއްޖޭގައި ގެއެއް ހިފައިގެން ބިދޭސީއަކު އުޅޭނަމަ، އެމީހަކަށް ރެސިޑެންޓް ވިސާ ދޭށެވެ.
ދުނިޔޭގެ އެކި ތަންތާނގައި މިބާވަތުގެ ރަށްވެހިކަން ނުވަތަ ރެސިޑެންޓް ވިސާ ދީ އުޅެނީ، ލަގްޒަރީ ހައުސިން އާއި ބޮޑެތި އިންވެސްޓްތައް ކޮށްގެން ދިރިއުޅޭ ފަރާތްތަކަށެވެ. އެއާ ހިލާފަށް ނަޝީދުގެ އިސްލާހުން، 5000 ރުފިޔާއަށް ދޭ ކޮޓަރިގަނޑެއް 6 އެއްކަ ބިދޭސީންވެގެން ކުއްޔަށް ހިފައިގެން 10 އަހަރު އުޅެފިނަމަ، އެ ބަޔަކަށް ދިވެހިންނަށް ލިބޭފަދަ އިމްތިޔާޒުތަކެއް ލިބޭނެއެވެ.
މި ދިވެހިރާއްޖޭގައި އައިޑީކާޑަކާއި، ފޯނު ނަންބަރެއް އޮންނަ ދިވެހިންނަށް ބޯހިޔާވަހިކަމެއް ހަމަ ނުޖެހި، އަލަތު ކައިވެންޏާއެކު އަނބިމީހާ ގޮވައިގެން ވަންނާނެ ތަނެއް ނެތި އުޅޭ އިރު ދިވެއްސެއްގެ ކަމެއް ހަމަޖެއްސުމުގެ ވިސްނުމަކަށް ވުރެ، މަޖިލީހާއި، މަޖިލީހުގެ ރައީސް މިއުޅުއްވަނީ ބިދޭސީންނަށް ގޮތެއް ހޯދައި ދެވޭތޯއެވެ. އަމުދުން އެ ބިދޭސީން ގާނޫނާއި ގަވާއިދާ ހިލާފަށް އުޅުނަސް ފިޔަވަޅެއްވެސް ނޭޅޭ ތާނގައި މިހާރު ވިސްނުން ނެރެނީ، އެމީހުނަށް ރަށްވެހިކަން ދޭށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދުގެ އިންތިހާއަށް މައްޗަށް ގޮސް ގާނޫނާއި ގަވާއިދަކަށް ބެލުމެއް ނެތި އުޅޭ އުޅުން ހުއްޓުވުމުގައި ސަރުކާރުތައް ފެއިލްވެފައި ވާއިރު، އެ ބިދޭސީން އެތެރެ ކުރި މީހުން ހިފާ ހައްޔަރުކޮށް ފިޔަވަޅު އެޅުމުގައިވެސް ސަރުކާރުތަކުން ވަނީ ފެއިލްވެފައެވެ. ގާނޫނީ އިމުން ކަންކަން ނުކުރެވުނީމައި، އަތަށް ދޭ ކަރުދާސް ކޮޅަކުން ބިދޭސީން "ބިދޭސީ ބޭފުޅުންނަށް" ހަދައިގެން، އެމީހުން ރަށަށް ފޮނުވޭކަށް ނެތޭ ކިޔަނީ، އެމީހުންނަށް ކާން ބޯން ދީ، ނިދާހަދާނެ ވަސީލަތްތަކުން ބަޔަކު މީހުން މާލީ މަންފާ ހޯދާކަށް ނޫންބާވައެވެ.
ހިނގަމުން ދާ ކޮވިޑްގެ ތެރޭގައިވެސް އެތައްހާސް ބިދޭސީންނަކަށް ކާންބޯން ދޭން ބޮލަކަށް 750 ރުފިޔާގެ މަގުން ބިލު ކުރާކަމަށް މީހުން ދައްކާ ވާހަކަ، ފިނޭންސުން ސާފުކޮށްދޭން ޖެހެއެވެ. ގުޅީފަޅާއި، އަނެއްތަނަކާ އަނެއްތަނަކަށް ބިދޭސީން ލައިގެން ހިނގާ ހަރަދުގެ ތަފްސީލުތައް ހާމަ ކުރަން ޖެހެއެވެ.
ރާއްޖޭގެ އިމިގްރޭޝަން ގާނޫނު އޮތް ގޮތުން މިހާރުވެސް ބޭރު މީހަކު ދިވެއްސަކާ އިނދެފިއްޔާ، ރެސިޑެންޓް ވިސާ ލިބެއެވެ. އަދި ބޮޑެތި އިންވެސްޓްތައް ކުރާ ބިދޭސީންނަށްވެސް ރެސިޑެންޓް ވިސާއަށް އެދެވެއެވެ.
ދުނިޔޭގެ ތަހުޒީބު ތަންތަނުގައިވެސް ކަންކޮށް އުޅޭ ހަމައިން ކަންކަން ގެންދިއުމުގެ ބަދަލުގައި ރަށްވެހިކަން ތަބަކަށް ލައިގެން ވިއްކަން މި އުޅުއްވަނީ ކޮންކަމެއް ހާސިލު ކުރަންތޯވެސް ބަލަން ޖެހެއެވެ.
ރާއްޖޭގައި 160،000 އެއްހާ ބިދޭސީން އުޅޭ އިރު އެ އެެންމެން، އެ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން ރެސިޑެންސީ ނުވަތަ ގެންނަ ބަދަލަކުން ރަށްވެހިކަން ހޯދައިފިނަމަ ނުވަތަ އެ އެންމެނަށް ރަށްވެހިކަން ދީފިނަމަ، 2023 ގެ އިންތިހާބުގައި ލައްކަ ވޯޓު ލިބިދާނެ ކަމަށް ބަލައިގެން ކުރާ ސިޔާސީ ކަމެއްތޯވެސް ބަލަން ޖެހެއެވެ.
އަމުދުން، ބިދޭސީންނައިގެން ނުކަތައިގެން އުޅުނު އެހެން ބައެއް ގައުމުތަކުން ކަން ކުރި ގޮތްވެސް ބަލަން ޖެހެއެވެ. އެފަދަ ބައެއް ގައުމުތަކުގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީން ކަނޑުމާއި، ވައިގެ މަގުން ގައުމުތަކަށް ފުރިވާލީއެވެ. އައިޑީކާޑަކާއި، ފޯން ނަންބަރެއް އޮތް ގައުމުގެ ރައްޔިތުންނަށް އަޅާލައި، ފޯރުންތެރި ކުރުވީއެވެ. މިއަދުވެސް މި މަގަށް ކަންކަން ނުކުރި ބައެއް ގައުމުތަކުން އުޅެން ޖެހިފައިވަނީ ބިދޭސީންގެ ކިބައިގެން ސަލާމަތް ނުވެވިގެންނެވެ.
އެއުޅެނީ އިންޑިއާ އަޑީގައި އޮވެގެން ކުޅިގަނޑެއް ކުޅެން. މީ ސީދާ އަޅުވެތިކަމުގެ އެެޖެންޑާއެއް. އަޑު އިވޭ. ބޮޑު ކޮށް ލާރިވެސް ނަގާފަ އޮތް ކަމަށް. އިބޫ ލޮނުމަޑުވެފައި ހުއްޓާ، އަންނި އިންޑިއާގެ އެހީގައި ގައުމު ހިފަނީ. ކޮބާތަ އަބްލޯ ސާހިދު. އޭނާވެސް ވެރިކަމާ އުޅޭ އިރު މިޒާތުގެ ކަންކަން ހިނގިޔަ ދީގެން ނުވާނެ ނު
ތީ ހަމަ މިގައުމަށް ފާވެފައި ހުރި ބަލާވެރިކަމެއް. އަވިއްސެއްހެން މުޅި ތާގަ ދެމެނީ. މީނަގެ ބަލާއާ ހެދި އިބޫއަށް މިހާރު ވެރިކަންވެސް ނެތް ކުރެވޭ ކަށް.
މީހުންގެ ދުލުގަ ހިފައިގެން ލުއްކި ތަޅަން އުޅޭ ބުއްދި ނެތްމީހުން އެކަށީގެން ނުވާ މަގާމުތަކަށް ލީމައި ވަރަށް ޖޯކުކަންކަން ވާނެ.
ޜާއްޖޭގަ ފައްޅިއާ ޗާޗް އެޅުމުގެ ކޮޅުމަތި ދެން ތިކަލޭގެ ބުނާނެ ކަންނޭގެ މަމެން ގޮތަށް އެމީހުނަކީ ފެންނަން ނެތް ފަރާތަކަށް އަޅުކަންކުރާ ބަޔެއްނޫނޭ އެމީހުންނަށް އަޅު ކަން ކުރެވޭނޭގޮތް ވެސް ހަދައިދޭން ޖެހޭނެ ނޫންހޭ