ދިވެހިރާއްޖެވެސް ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދަނީ ކަންބޮޑުވާންޖެހޭ ރޭޓެއްގައި ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ ހިލޭ އެހީދޭ ޖަމިއްޔާ، ރެޑް ކްރޮސް އިން އިންޒާރު ކޮށްފިއެވެ.

މިދަނޑިވަޅަކީ އަވަށްޓެރި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރަންޖެހެއެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުގައި ބަލިމަޑުކަމުގެ ހާލަތު ނިއުޅެމުންދާ ގޮތަކަށް ސަމާލުކަން ހުއްޓާލައިގެން ގިނަ ބަޔަކު ތިބި މި ވަގުތަކީ، ދެކުނު އޭޝިއާ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ވަގުތެއްކަން ރެޑް ކްރޮސްއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ، ޕާކިސްތާ އަދި ބަންގްލަދޭޝް މިސްރާބު ޖަހާފައިވަނީ ކޮވިޑް-19ގެ އާ އެޕިސެންޓާ ނުވަތަ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑު މަންޒިލްތަކާ ދިމާލަށް ކަމަށްވެސް ރެޑް ކްރޮސްއިންވަނީ އިންޒާރު ކޮށްފައެވެ.

ސަމާލުވާންޖެހޭ ރޭޓެއްގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާއިރު، މި ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ 4 ބައިކުޅަ 1 ބައި މީހުން ވަޒަންވެރިގެން ދިރިއުޅޭ ސަރަހައްދެއްކަންވެސް ރެޑް ކްރޮސްއިން ވަނީ ފާހަގަކޮށްފައެވެ.