ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސްވެ ގަން ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން 14 މަހުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ.

އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް މިހާތަނަށް ލިނިފައި ނުވާއިރު މިއީ ގަމުގައި މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހޭނެތުނެވެ.

ގިނަ ދުވަސްތަކެއް ވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށް ފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔައެވެ.