މާލޭގައި ހުއްދަ އަކާ ނުލައި ހިންގަމުންދާ ގެސްޓް ހައުސެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލޭގެ ހެންވޭރުގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހާ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރު 5:51 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ގެއަކީ ހުއްދަ ނުހޯދާ ހިންގަމުންދާ ގެސްޓްހައުސްއެއް ކަމަށް ފުލުހުން ބުނެއެވެ،

މީގެ އިތުރުން ފުލުހުން ބުނީ މަރުވެފައި ވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި އެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ގެ އެއްގައި މަރުވެފައި އޮތް މީހަކު ފެނިފައި ވާއިރު މަދުން ނަމަވެސް މާލޭގެ ގެސްޓް ހައުސްތަކުގައި މިފަދަ ހާދިސާތައް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، މިދިޔަ އޭޕްރީލް މަހު މާލޭ ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮތް 37 އަހަރުގެ ދިވެހި ފިރިހެނަކު ފެނިފައި ވެއެވެ. ހަމަ އެމަހު 14 ވަނަ ދުވަހު މައްޗަންގޯޅި ގެއެއްގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކު މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފައެވެ.