ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާތައް ކުރިމަނަލް ކޯޓުގައި މާދަމާއަށް އަނެއްކާވެސް ތަވާލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލްވާ ގޮތުން އަދީބަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ހެނދުނު 10:30 ގައި އޮންނާނެއެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާއެއްގެ އަޑުއެހުން މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ. މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން އަދީބުގެ މައްޗަށް ދެން އުފުލާފައި ވަނީ، ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް އަދީބުގެ ޝަރީއަތެއް ބެއްވުމަށް އެދުވަހުގެ 1:00 އަށް ތާވަލް ކުރިއެވެ. ނަމަވެސް ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 ޕޮޒިޓިވްވުމާ ގުޅިގެން އޮފީސް ޑިސްއިންފެކްޓް ކުރަން ވެގެން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އަދީބަށް ކުރާ ދައުވާތައް

އަދީބުގެ މައްސަލައަކީ ގިނަ އަދަދެއްގެ ލިޔުންތައް ހުށަހަޅާފައިވާ މައްސަލަޔަކަށް ވާތީ ޕީޖީގެ ވަކީލުންގެ ޓީމު އޮފީހަށް ހާޒިރުވެގެން މެނުވީ، މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދިއުމަށް ދަތިކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށާއި، އެހެން ކަމުން އެ ދުވަހުގެ 3:00 އަށް ޝަރީއަތް ރީޝެޑިއުލްކޮށް ދިނުމަށް ޕީޖީ އޮފީހުން އެދުނު ނަމަވެސް އެ ގަޑިޔަށް ޖަލުގެ ވީޑިއޯ ކޮންފަރެންސް ހަމަޖެހިފައި ނުވުމުން ޝަރީއަތް ކެންސަލް ކުރީ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.