މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު ނަރުހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ޓްރީޓޯޕް ހޮސްޕިޮޓަލުން އިތުރު ކޭސް އެއް ފެނިފައިވާ ކަަމަށެވެ. އަދި އެއީ އެ ހޮސްޕިތަލުގައި މަސައްކަތް ކުރާ ނަރުހެެއް ކަމަށާއި މިކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ދަނި ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. ކުރިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 9 ސްޓާފެއް ވަނީ އެކަހެރިކޮށްފައެވެ. އަދި ޕޮޒިޓިވްވި ސްޓާފްގެ ކޮންޓެކްޓުންގެ ތެރޭގައި އެއްވެސް ބަލި މީހަކު ނުހިމެނޭ ކަމަށް އެޗްޕީއޭިން ވަނީ ބުނެފައެވެ.

މިއަދު ޓްރީޓޮޕްގެ އިތުރުން އައިޖީއެމްއެޗް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ކުރިން އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް ކުރިން ނުށްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. މި ކޭސްއާ އެކު މިހާރު އައިޖީއެމްއެޗްގެ ކޭސް މި ވަނީ 16 އަށް އަރާފައެވެ. އެއީ 7 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިންނެވެ.

މީގެ އިތުރުން ބީއެމްއެލްގެ ދެ ސްޓާފުންނާއި ދަރުމަވަންތަ ސްކޫލަގެ މުވައްޒަފަކާއި އެފްއޭއެމް ގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި ހުޅުމާލެގައި ހުރި ޖިމްއަކާ ގުލޫންހުރި 8 ކޭސެއް ފެނިފައިވާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 942 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1996 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 228 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުންނާއި ސްރީލަންކާގެ 19 މީހުންނެވެ.