ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ ގަރާރު ހުށަހަޅައި މަޖިލީހުގައި ދެއްކޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާ އަށް އެޖެންޑާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އުވައިލުމަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް އުވައިލުމަށެވެ. އެ ގަރާރު އެޖެންޑާގައި ހިމެނުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި އެ ގަރާރު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށެވެ.
އެ ގަރާރަކާ ގުޅިގެން ބައެއް މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކަށް ދެއްވި ޖަވާބެއްގަައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ ކަމަށާއި މަޖިލީހުގައި ގަރާރަކުން އިއްޒަތްތެރި މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ ވެސް ދެއްކޭނެ ކަމަށެވެ.
އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެކަމަކާ އެއްބަސް ނުވެވޭ ކޮންމެ ކަމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަކަށް ނުބެލޭނެ ކަމަށާއި ރާއްޖެ ހިންގަން ވާނީ ލާމަރުކަޒީ ނިޒާމަކުން ކަމަށެވެ.
އެމްޑީޕީގެ ބައެއް މެންބަރުންގެ ވާހަކައަށް ނަޝީދު ވިދާޅުވީ، ޖާބިރުގެ ގަރާރު މަޖިލީހަށް ބަލައިގަތުމާއި ނުގަތުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ކަމަށެވެ.