އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ދިޔަ މީހުންގެ ތެރެއިން 3 މީޙުން އޮތޯ އައިސީޔޫގައި ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އާސަންދައިގެ ފަރާތުން ރާއްޖެއިން ބޭރަސް ބޭސްފަރުވާ އަށް ޖުމްލަ 28 ފަރާތެއް ފުރާފައިވާ އިރު އޭގެެތެރެއިން 3 މީހަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަަމަށެވެ.
ހަމައެއާއެކު އެ 28 މީހުންގެ ތެރެއިން މި ވަގުތު ފަރުވާ ނުދެވިފައި ވަނީ އެކަކު ކަމަށާއި ދެން ތިބި އެންމެންނަށް ވެސް ބޭސްފަރުވާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމީހާގެ ބޭސްފަރުވާ މަޑު ޖެހިފައި ވަނީ ކުރަން ޖެހޭ ސާޖަރީއެއް ކުރަން މަޑުކުރަން ެޖޙޭޓި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އާސަންދައިގެ ފަރާތުން އިންޑިއާއަށް ދިޔަ 28 ބަލި މީހުންނާއި އެހީތެރިން އިންޑިއާއަށް ގޮސްފައި ވަނީ އިންޑިއާގެ ވިސާ ހަމަޖެހި އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށެވެ. އެ އެންމެންގެ ވެސް ބޭސްފަރުވާ ހަމަޖެހިފައި ވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓާ އަދި އެއިމްސް ގައެވެ. އިންޑިއާ އަށް ދިއުމަށްފަހު އެ މީހުން ކަރަންޓީނުގައި ތިބީ އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައެވެ.