ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވި ކަމަށް ކުރިން އެޗްޕީއޭއިން ބުނި ނަމަވެސް އެއީ ކޮވިޑް ޕޭޗަންތެއް ނޫން ކަމަށާއި އެއީ ކެންސާ ޕޭޝަންޓެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަކަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައި ވަނީ، 39 އަހަރުގެ އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އަދި އޭނާއަޚި ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެެއް ނޫން ކަމަށާއި އޭނާ އަކީ ކެންސަރު ބަލީގެ 4 ވަނަ ސްޓޭޖްގައި ފަރުވާ ކުރަމުްނ ދަނީކޮށް މަރުވި މީހެއް ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

ނަމަވެސް މީގެ ކުރިން މިރޭގެ ވަގުތެއްގައި އެޗްޕީއޭއިން ވަނީ 39 އަހަރުގެ އިންޑޮނޭޝިއާ ފިރިހެނަކު މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފަރުވާ ދެމުން ދަނިކޮށް ކަމށް ބުނެފައެވެ. އަދި އެ މީހާ އަކި ކޮވިޑް ޖެހިގެން މަރުވި 11 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން އޭރު ވަނީ ބުނެފައެވެ. އަދި އޭނާ މަރުވީ އިއްޔެ ހެނދުނު 9:47 ހާއިރު ކަމަށްވެސް އެޗްޕީއޭން ވަނީ ބުނެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން މަރުވެފައި ވަނީ 10 މީހުންނެވެ. އެގޮތުން އިއްޔެ މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. އަދި އޭގެ ކުރީ ދުވަހު މަރުވެފައި ވަނީ 43 އަހަރުގެ ފިލިޕީންސް ފިރިހެނެކެވެ. މީގެއިތުރުން މަރުވެފައި މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެންއީ އޯސީ ގެ ދަށުން ކޮވިޑްގެ ކަންކަން ބަލަމުން މީގެ ކުރިން އައި ނަމަަވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑްގެ ކަންކަން ބަލަމުން ދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.