އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗް އާސަނަލް 4-0 ގެ ތަފާތު ބޮޑު ނަތީޖާއެއް ނެރެ ލީގު ތާވާލްގެ ހަތްވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގްއެވެ. އެއީ ނޯވިޗްގެ ކީޕަރު ޓިމް ކްރޫލަށް ހެދުނު ގޯހަކުން އާސަނަލްގެ ކުޅުންތެރިޔާއަށް ލިބުނު ރަނުގެ ފުރުސަތަކެވެ.

ސީޒަންގައި އާސެނަލް އަށް ކާމިޔާބު ކޮށްދިން 18 ވަނަ ލަނޑަށް ފަހު އޭނާ ވަނީ ސްކޯ 2-0 ހެދުމަށް ސުވިސްޓްޒަލޭންޑް މިޑްފީލްޑަރު ގްރެނިޓް ޝަކާ އަށް ރީތި ހުރަހެއް ނަގާދީފައެވެ. މިއީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން ޝަކާ އާސަނަލް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ދެން އެއަށް ފަހު އާސެނަލް އިން ޖެހި ލަނޑުވެސް ކާމިޔާބުކޮށްދިނީ އޮބަމިޔޭންގެވެ. މި ލަނޑާއެކު އޮބަމިޔޭންގް މިވަނީ މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައަށް އަރާފައެވެ.

އޮބަމިޔޭންގް ވަނީ މި ސީޒަންގައި މިހާތަނަށް 19 ލަނޑު ޖަހާފައި

މި މެޗުގައި އާސެނަލް އިން ޖެހި ހަތަރު ވަނަ ލަނޑު ޖަހާ ދިނީ އާސެނަލްގެ ޖާޒީގައި އަލަށް ފެނުނު ސެެޑްރިކް ސުއަރޭސްއެވެ.

މި ނަތީޖާއެކު އާސަނަލް މިހާރު މިވަނީ ޕްރިމިއާ ލީގު ތާވާލުގެ ހަތް ވަނައަށް އަރާފައެވެ. އެހެން ނަމަވެސް ބާކީ ހަ މެޗުން އޮތް އިރު އާސަނަލްއާ ތާވާލްގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް ނޯވިޗް އަދި ވެސް އޮތީ ރެލިގޭޝަން ޒޯނާ ހަތް ޕޮއިންޓް ދުރުގައެވެ. އަދި ބާކީ ހަ މެޗުން ކުޅެން އޮތް އިރު އެޓީމަށް އަންނަ ސީޒަންގައި ވެސް ޕްރިމިއާ ލީގުގައި އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.