ތުއްތު ކުއްޖެގެ ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ބެލެނިވެރިންގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން ބުނީ، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ތުއްތު ކުއްޖެއްގެ ގައިން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ. އެ ކުއްޖާގެ ސާމްޕަލް ނެގުމަށް މަގު ފަހި ކޮށް ދިނުމަށް އެދި އަމުރެއް ނެރެފައިވާ އިރު އެ އަމުރުގައި އެ ކުއްޖާގެ ސާމްޕަލް ދިނުމަށް އެބާރުލުން ދީ ހުރަސް ނޭޅުމަށް ވެސް އަންގާފައި ވެއެވެ.
ހަމައެއާއެކު އެޗްޕީއޭއިން ކޮށްފައިވާ އަމުރު ތަންފީޒުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ވަނީ އަމުރެއް ނެރެފައެވެ.
ކުޑަކުއްޖެގެ ގައިން ކޮވިޑަށް ސާމްޕަލް ނަގަން ދެކޮޅު ހެދި ބެލެނިވެރިންގެ މައްޗަށް ކޯޓު އަމުރެއް ނެރެން ޖެހުނު މީ ދެވަނަ ފަހަރެވެ.
މިއަދު ވަނީ ހުޅުމާލޭގައި އެއް ގެއެއްގައި ދިރިއުޅެމުން އަންނަ އަންހެނަކާއި ފިރިހެނެއްގެ ސާމްޕަލް ނެގުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން، އެކަމާ ދެކޮޅު ހަދާފައިވުމުން އެދެމީހުންގެ ސާމްޕަލް ނެގުމަށް ދެ އަމުރެއްވެސް ނެރިފައެވެ.
މީގެ ކުރިންވެސް ކަރަންޓީން ފެސިލިޓީތަކަށް ދިއުމަށް ދެކެޅު ހެދި މީހުންނަށާއި ސާމްޕަލް ދިނުމަށް ދެކޮޅު ހެދި މީހުންނަށް ވަނީ ކޯޓް އަމުރު ނެރެފައެވެ.