މިއަދު ކޮވިޑަށް 37 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 19 މީހުން ބަލިން ރަނގަޅު ވެފައުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ލޮކްޑައުންއަށް ލުއިތައް ދޭން ފެށި ފަހުން މިއަދު މީ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭއިން ބުނީ މިއަދު 37 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2187 އަށް އަރާފައި ވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 37 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 12 މީހުންނެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 759 ދިވެހިން ހިމެނެއެވެ. އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1153 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 389 މީހުންނެވެ.

މި މަހުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ރެކޯޑް:

  • 1 ޖޫން - 56 މީހުން ޕޮޒިޓިވްވި
  • 2 ޖޫން - 12 މީހުން ޕޮޒިޓިވްވި
  • 3 ޖޫން - 9 މީހުން ޕޮޒިޓިވްވި
  • 4 ޖޫން - 22 މީހުން ޕޮޒިޓިވްވި
  • 5 ޖޫން - 11 މީހުން ޕޮޒިޓިވްވި
  • 6 ޖޫން - 18 މީހުން ޕޮޒިޓިވްވި
  • 7 ޖޫން - 2 މީހުން ޕޮޒިޓިވްވި
  • 8 ޖޫން - 13 މީހުން ޕޮޒިޓިވްވި
  • 9 ޖޫން - 26 މީހުން ޕޮޒިޓިވްވި
  • 10 ޖޫން - 20 މީހުން ޕޮޒިޓިވްވި
  • 11 ޖޫން - 14 މީހުން ޕޮޒިޓިވްވި
  • 12 ޖޫން - 27 މީހުން ޕޮޒިޓިވްވި
  • 13 ޖޫން - 10 މީހުން ޕޮޒިޓިވްވި
  • 14 ޖޫން - 22 މީހުން ޕޮޒިޓިވްވި
  • 15 ޖޫން - 30 މީހުން ޕޮޒިޓިވްވި
  • 16 ޖޫން - 29 މީހުން ޕޮޒިޓިވްވި
  • 17 ޖޫން - 26 މީހުން ޕޮޒިޓިވްވި
  • 18 ޖޫން - 17 މީހުން ޕޮޒިޓިވްވި
  • 19 ޖޫން - 13 މީހުން ޕޮޒިޓިވްވި

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު މިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ މާލެ ލޮކްޑައުންކޮށްފައެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި އިުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީ ފާހަކާ ނުަލއި މަގުމަތީގަިއ މީހުންނަށް ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ޗަގުތު މާލެ ސަރަހައްދުގައި މަގުތަކަށް ނުކުންނަ ފަރާތްތައް އިތުރުވަމުންދާތީ މާލޭގައި މި ބަލި އިތުރަށް ފެތުރުމަކީ އެކަށީގެންވާ ކަމަެއް ކަމަށް ޑރ. އަލީ ލަތީފް ވަނީ ވިދާލުވެފައެވެ. އެހެންވެއްޖެ ނަމަ މާލެ އަލުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.