ހަކުރު ބަލި ހުންނަ މީހުން ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުން ކުރާ ބޭހެއް ކަމަށްވާ މެޓްފޯމިންގެ، ކެނެޑާގެ އެޕޮޓެކްސް ކޯޕުން އުފައްދާ ބޭސް ރާއްޖެ އެތެރެ ކުރުން މަނާކޮށްފިއެވެ.
ކެނެޑާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެޕޮޓެކްސް ކޯޕުން އުފައްދާ މެޓްފޯމިން ބޭސް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމަށް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ނިންމީ އެ ބޭހުގައި އެކި ވައްތަރުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާއެއް ކަމަށްވާ "ނައިޓްރޯ ސޯޑިމެތިލެމިން" އެކުލެވޭ ކަމަަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދާދި ފަހުން ހެދި ދިރާސާއަކާއި ގުޅިގެންނެވެ. އެ ބޭސް ބޭނުން ކުރުމަށް ވަނީ އެލާޓު ނެރެފައެވެ.
ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުން ކުރާ މެޓްފޯމިންގެ އެ ބޭހަކީ ރާއްޖެ އަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ ދީފައިވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ ބޭހެއްވެސް ނޫނެވެ. އެހެން ނަމަވެސް އަމިއްލަ ބޭނުމަކަށް ނުވަތަ ޑޮކްޓަރަކު ދީފައިވާ ބޭސް ސިޓީއަކަށް ވެސް އެ ބޭސް ބޭނުން ކޮށްފާނެތީ ފުޑް އެންޑް ޑްރަގް އިން ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ.
ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބުނީ ޕޯޓް އޮފް އެންޓްރީ ތަކުގައި ރާއްޖެ އެތެރެކުރާ ބޭސް ކުރިއެކޭވެސް އެއްފަދައިން، ބަލާ ފާސް ކުރަމުންދާނެ ކަމަށެވެ. ކެނެޑާގެ އެޕޮޓެކްސް ކޯޕުން އުފައްދާ މެޓްފޯމިން ބޭހާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ދެން ފޮނިތޮށި ފެން ބޯނީ ހަކުރު ދަށްކުރަން. ކަޅުދިރި، ހިކަނދިފަތް، އަނބުފަތް، އަހިވަށް، މީގެ އިތުރުންވެސް ބަށި ފެނުކައްކައިގެން އަދިވެސް ހުންނާނެ ހަކުރު ކޮންޓްރޯލް ވާނެ އެއްޗެހި އިންޝާ ﷲ. ފޮނިތޮށި ފެން ބޯނީ ހާބަނޑާ ހުރެ. ކައިގެންވެސް ބޭނުން ކުރެވޭނެ. ޙިޖާމާ އިންވެސް ފަރުވާ ލިބޭނެ އިންޝާ ﷲ. ހިނި އަންނަނީ ސަރުކާރު ހުއްދަނެތި އެތެރެ ކުރާބޭހެކޭ ބުނީމަ. ޑޮކްޓަރުންގެ އިރުޝާދުގެދަށުން އެބޭނުންކުރަނީ ވެސް. 2،3، އިރު ދުވާލަކު 500މގ.
މިހާރު ބޭނުން ކުރަމުންދާ ބޭސްތައް ބޭނުން ނު ކުރަން ވީތޯ.؟؟
ކިހަާ ދެރަ ކަމެއް. ވަކި ކުންފުންޏަކުން އެކަނި މި ބޭސް ރާއްޖެ އެތެރެ ނުކުރެވެނީ. މީހުން ނަށް އޮޅޭގޮތަށް ހަބަރު ނުލިޔެބަލަ.
ކިހާ ދުވަހެއް އެ ކާތާ ؟؟އެސްޓީއޯ ބޭސްފިހާރަތަ ކާ ޢާއްމުހުރިހާ ތާ ކު މިދިޔަ ވިއްަސަ ކަށް އަހަރު އާއްމު ބޭހެއް..