ކޮވިޑް19 ގެ ސަބަބުން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށިގެން ދާއިރު މާމިގިލި އެއާޕޯޓު އަލުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ނަމަވެސް އެކަމަކީ އެ މިނިސްޓްރީ އަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޯޓުން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ވަނީ އެކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިންޓަނޭޝަނަލް އޮޕަރޭޝަންތައް ފެށުމަށް ހުއްދަ ދެވޭނީ އެއާ އޮޕަރޭޓަރ ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރުމުން ކަމަށެވެ.
އޭގެ ތެރޭގައި ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގެ އިތުރުން ވެސް ފުރިހަމަ ކުރަންޖެހޭ އެހެން ބައެއް ކަންކަން ހުންނާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މާމިގިލި އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަމަޖެއްސުމަށް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރަމުުން އަންނަ ކަމަށެވެ.
މާމިގިލި އެއާޕޯޓަކީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ފިރިކަލުން ވިލާ އެއާއިން ހިންގަމުން އަންނަ އެއާޕޯޓެކެވެ. މާމިގިލި އެއާޕޯޓަކީ މީގެކުރިންވެސް އިންޓަނޭޝަނަލް އެއާޕޯޓެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކަށް އަނެއްކާވެސް ބަދަލުކޮށްފައެވެ. އޭގެފަހުން އެ އެއާޕޯޓު ހިންގަމުން އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައެވެ.
ހުރިހާ އެއާޕޯޓެއްވެސް އިންޓަނޭޝަނަލް ކުރަންވީ. ކެރެންޏާ. އިންާޓަނޭޝަނަލް ކޮށް ރާއްޖެ ހުޅުވާލަން ވީ ދުނިޔެއަށް. އޭރުން ރާއްޖެ އަށް ބޭރުފައިސާ ލިބޭލެއް ގިނަ ވާނެ.
ހަގީގަތަކީ، ތި އެއާޕޯޓް އިންޓްނޭޝަނަލް ކުރުމުގެ ކުރިން ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދޭށޭ ބުނެބަލަ ގާސިމް ކައިރީ
ހާދަ ލޮނެއް އުކާނޭ ސަހާތެ މިބުނީ
މަގޭ ކިޔޫ އެއާޕޯޓް އިންޓަ ނުކުރެވި އެއް ނުދާނެ.