މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ތަހުގީގު ނުކުރުމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރައްވަނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި ގައުމުގެ ގާނޫނު ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އިމްރާންގެ ގާބިލް ކަމަކީ ރައީސް ނަޝީދަށް އެެއްވެސް އިރަކު އޮޅިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު އެފައިން ވިދާޅުވެފައި ވާއިރު، ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް މަޖިލީހުގައި ހިންގި މާރާމާރީގައި އަނިޔާކުރި ކަމަށް ބުނި މައްސަލަ ތަހުގީގު ކުރޭތޯ ބަލުމަށް އިދިކޮޅުން (ޕީޕީއެމް/ ޕީއެންސީ) ވަނީ މިމަހުގެ 11 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށްވެސް ގޮސްފައެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.
އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވިއެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޑީލެއްހެދީތަ އިމްރާންއާ، އަނގޮޅިތީމު މައްސަލަ ނުބަލާމަތިން މަޖިލިހުގެ ބަގުޑިބެއްދި މައްސަލަ ނުބަލާގޮތައް.