މިދިޔަ މޭ މަހު އެންމެ ގިނައިން ފޮަތްކިއި ގައުމުތަކުގެ ލިސްޓްގެ ދެވަނަ ދިވެހިރާއްޖެ އަށް ލިބިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖެއަށް ދެ ވަނަ ލިބިފައި ވަނީ ޖުމްލަ 17 ގައުމަކުން ވާދަކުރި "ލެޓްސް ރީޑް" ޕްރޮގްރާމުން ކަމަށެވެ. އެގޮތުން ރާއްޖެއިން ޖުމްލް 3951 މީހުން ފޮތް ކިޔާފައި ވާއިރު، ކިއި ފޮތުގެ ޖުމްލަ އަދަދަކީ 21،097 އެވެ. އެއީ ހަމަ އެކަނި މިދިޔަ މޭ މަހުގެ ޖުމްލަ އަދަދެވެ.

ވޭތުވެ ދިޔަ 12 މަސްދުވަހަަށް ބަލާނަމަ ރާއްޖެއިން ޖުމްލަ ފޮތް ކިއި މީހުންގެ އަދަދަކީ 10117 އެވެ. އަދި އެ 12 މަސްދުވަހު ކިޔާފައިވާ ޖުމްލަ ފޮތުގެ އަދަދަކީ 68145 އެވެ.

މިދިޔަ މަހުގެ "ލެޓްސް ރީޑް"ގެ ތަފާސް ހިސާބްތަކަށް ބަލާއިރު އެ ލިސްޓުގެ އެއްވަނަ ލިބިފައި ވަނީ އިންޑަނޭޝިޔާ އަށެވެ. އެގޮތުން އެ ގައުމުން ޖުމްލަ 19500 މީހުން ފޮތް ކިޔާފައި ވާއިރު، 150025 ފޮތް ވަނީ ކިޔާފައެވެ.

އެ ލިސްޓުގެ ތިން ވަނައިން ޖާގަ ހޯދައިފައި ވަނީ މިޔަންމާއެވެ. އެއީ ޖުމަލް ފޮތްކީ 2179 މީހުންނެވެ. ކިޔާފައިވާ ޖުމްލަ ފޮތުގެ އަދަދަކީ 13360 އެވެ.

ކޮވިޑް-19އިން ރައްކާތެރި ވުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވޅުގައި ވީހާވެސް ގިނައިން ދަރިވަރުން ފޮތް ކިޔުމަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ އިލްތިމާސް ކޮށްފައެެވެ.