ކަނޑޫމާ ރިސޯޓަށް ވެލި ނެގުމަށް ހުއްދަ ދީފައި ވަނީ ކ. ގުރައިދުއާ ދުރުން ނެގުމަށް ކަމަށާއި އެ ހުއްދައަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވާރަމަން ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އީޕީއޭން ބުނީ ވެލި ނެގުމަށް ކަނޑޫމާއިން އެދުމުން ގުރައިދުއާ ދުރު ހިސާބުން ވެލި ނެގުމަށް އީޕީއޭން ހުއްދަ ދީފައިވާނެ ކަމަށެވެ. ނަމަވެސް ހުއްދަ އާ ހިލާފަވާފަދަ ކަމެއް ފާހަގަވާނަމަ އެކަމެއް ހުއްޓުވާ އީޕީއޭން ފިވަޅު އަޅާނެ ކަމަށެވެ.
އަދި އެ ހުއްދަ ދީފައި ވަނީ ޕަމްޕް ބޭނުން ކޮށްގެން ކަނޑޫމާގެ ގޮނޑުދޮަށަށް ވެލި އަޅަން ކަމަށްވެސް އީޕީއޭން ބުނެއެވެ. ހުއްދަ ދީފައިވާ ތަން ނޫން އެހެން ތަނަކުން ވެލި ނަގަމުންދާނަމަ ހުއްޓުވާނެ ކަމަށްވެސް އެ ބުނެއެވެ.
މި މައްސަލާގައި ފުލުހުން ބުނީ ގުރައިދޫ ގޮނޑުދޮށް ކައިރިން ވެލި ނަގަމުންދާ ކަމުގެ ޝަކުވާއެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ޝަކުވާ އާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ވާހަކަ ދައްކާފައިވާ ކަމަށާއި އެ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާގޮތަށް އެއްބަސް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ކަނޑޫމާ ރިސޯޓުން ވެލި ނަގަމުންދަނީ ސަރުކާރުގެ އިދާރަތަކުން ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް ރަށުގެ ގޮނޑުދޮށާއި ކަނޑޫމާ ރިސޯޓާ ކައިރިވުމުން ރައްޔިތުންގެ ޝަކުވާ އެ ކަމުގައި އޮންނާތީ އެކަމަށް އެރަށުގެ ބައެއް ރައްޔިތުން ނިކުމެ ހުރަސް އަޅާފައިވާ ކަމަށެވެ.
ސޯޝަލްމީޑިއާގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުން، ވެލި ނެގުން ހުއްޓުވުމަށް ބާޖު ކައިރީ ބަޔަކު ހަރަކާތްތެރި ވި އިރު ރަސުގެ ގޮނޑުދޮށުގައިވެސް ގިނަ ބަޔަކު ތިއްބެއެވެ. އަދި އެމީހުން ކައިރީގައި ޔުނިފޯމްގައި ހުރި ފުލުހަކުވެސް ހުއްޓެވެ.
ކަލެއަކަށް އަމިއްލަ އިޚްތިޔާރަކުން ކަމެއް ނުކުރެވޭނެ. ރީނދޫ ޕަޕެޓް އަނގަ މަޑުން ލައިގެން ހުރޭ.
ގުރައިދޫ ބިން ހިއް ކަންވީމަ ޑިޒާސްޓަރ ފޮރ ކަނޑޫމާ، އީޕީއޭ އަށްވެސް ހޮނގް ބޭނުންގޮތެއް އެ ހަދަނީ ،
އީޕީއޭ އަކީ ރީނދޫ ޖަގަހައެއް.