ކާށިދޫ ދައިރާގެ މެންބަރު އަބްދުﷲ ޖާބިރާ އެކު ޓިކްޓޮކެއް ކުޅެން ފިލްމީތަރި މަރިޔަމް ޝިފާ ބޭނުންވާ ކަމަށް ބުނުމުން އެކަމަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ތާއިދު ކުރައްވައިފިއެވެ.
ފިލްމީ ތަރިންގެ ތެރެއިން މިހާރު ފިޔަ ޖަހަމުން އަންނަ އެންމެ ޅަ ތަރިންގެ ތެރެއިން މަރިޔަމް ޝިފާއަކީ ޓިކްޓޮކްއިންވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ފަންނާނެކެވެ. "ބައިސްކޯފް" އިން މިހާރު ގެނެސްދެމުން އަންނަ "ލޮކްޑް އަޕް ވިތު" ޕްރޮގްރާމްގައި ޝިފާ ދެއްކި ވާހަކަތަކުގެ ތެރެއިން އޭނާ އެންމެ ޓިކްޓޮކް ހަދާލަން ބޭނުންވާ ރާއްޖޭގެ ޝަހްސިއްޔަތަކީ ކާށިދޫ ދައިރާގެ މެންބަރު ޖާބިރު ކަމަށް ބުނެފައި ވެއެވެ.
އަދި ޖާބިރު ފަދަ ބޭފުޅަކު ހިޔާރު ކުރި ސަބަބު ހާމަކުރަމުން ޝިފާ ބުނީ ވީޑިއޯތަކުން ފެންނަ ގޮތުން ނަމަ ޖާބިރަކީ ވަރަށް މަޖާ މީހެއް ކަމަށް ބެލެވޭތީ ކަމަށެވެ.
މި ކަމާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ އެ ވާހަކަ ޝާއިއުވެސް ކޮށްފައެވެ. އަދި އެ ކަމަށް އާންމުންގެ ގިނަ ބަޔަކުވެސް ވަނީ ތާއީދު ކޮށްފައެވެ. މި ކަމާ ގުޅިގެން ޖާބިރުގެ އަނބިކަނަބަލުން ދިޔާނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ދިޔާނާ ވިދާޅުވެފައި ވަނީ "އަސްތާ! ތިޔައީ ވަރަށް ފައްކާ ކަމަކަށް ވާނެ" ކަމަށެވެ.
އަދި އާންމުންގެ މީހަކު ވަނީ އެ ޓްވީޓުގައި ހުއްދަ ދެއްވީތޯ އަހާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ދިޔާނާ ވިދާޅުވީ، އަބަދުވެސް ހުއްދަ ދެއްވާނެ ކަމަށެވެ.
ޓިކްޓޮކް އަކީ މިހާރު ގިނަ ބަޔަކު އެބައެއްގެ ހުނަރުތައް ދެއްކުމަށް އަމިއްްލައަށް ވީޑިއޯތައް ހަދާ ޕަބްލިޝް ކުރަމުން އަންނަ ޕްލެޓް ފޯމެކެވެ. އޭގައި ބައެއް ދިވެހިން އެކި ސިޔާސީ ބޭފުޅުންގެ ވިޑިއޯތައް އެޑިޓް ކޮށްގެން ބޭނުން ކޮށްފައިވާ އިރު ޖާބިރުގެ ބައެއް ވިޑީއޯތަކަކީވެސް ޓިކްޓޮކްގައި ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ވީޑިއޯތަކެވެ.
ޝިފާގެ ދަރިފުޅާ ބައްދަލުކޮށްލަން އެ ކުއްޖާފުޅު ކައިރިއަށް މަހަކު އެއްފަހަރުނަމަވެސް ދެވޭތޯ ބެލުން މާ ތާހިރު ދޯ! ބައްޕަ ނިޔާވެފައިވާ އެ ޔަތީމު ކުއްޖާ ބޮޑުވަމުން އެ އަންނަނީ ބަނޑުއަޅާ ވިހެއި އަމާގެ އެއްވެސް އަޅާލުމެއް ނުލިބި ބައްޕަ ފަރާތު މާމަގެ ލޯތްބާއި އޯގާތެރިކަމުން. ލަދެއް ހަޔާތެއް ކުލުނެއްވެސް ނެތަސް ތީ ބޮޑުވަރު
އެއީ އެ މީސް މީހުން ގެ ފެންވަރު????