އުރީދޫ މޯލްޑިވްސްއިން ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައިފިއެވެ.

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި، އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ހިއްސާ ކޮށްލުމަށްޓަކައި، ހާއްސަ އޮފާއެއް މިއަދު ވަނީ އެކުންފުނިން ތައާރަފްކޮށްފައެވެ. މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް 3 ޖީބީ ޑޭޓާ އެންމެ 75 ރުފިޔާއަށް ބައްލަވައިގަނެވޭނެއެވެ.

މި އޮފާ ތައާރަފް ކޮށްފައިވަނީ ގޭގައި ތިބެގެންވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމަށް އުރީދޫ އެޕަށް ލޮގްއިންވެ އެޕްގެ ސެލްފް ކެއާ ސެކްޝަނުން ރިކޮމެންޑެޑް ޕެކޭޖަސް އިހްތިޔާރު ކުރާނީއެވެ. އަދި ގެންގުޅޭ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިހްތިޔާރުކޮށް ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރުމަށް GIFT A FRIEND ޓެބް ހިޔާރު ކޮށް Eid Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލާށެވެ. ދެން CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދެއްކުމުން މި ޕެކޭޖް އެކްޓިވޭޓް ކުރެވުނީއެވެ.

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފާ އަންނަ އަންގާރަ ދުވަހުގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ.

އުރީދޫގެ މެނޭޖަރު ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫ ޓީމްގެ ފަރާތުން ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އީދު ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާކުރުމަށް އުރީދޫގެ އީދު އޮފާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީދު އޮފާގެ އިތުރުން، ރަމަޟާން މަހަށް ހާއްސަކޮށްގެން ތައާރަފްކުރި ބައެއް އޮފާތަކުގެ ތެރެއިން 50 ޕަސެންޓް އެކްސްޓްރާ ޑޭޓާ އޮފާ އަދި 5x ޑެއިލީ ބޯނަސް ޑޭޓާ ހަރޯދަ ތެރޭގައިވެސް ކުރިއަށްދާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. 50 ޕަސެންޓް އެކްސްޓްރާ ޑޭޓާ އޮފާގެ ދަށުން އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއެކު 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބޭނެއެވެ.

5x ޑެއިލީ ޑޭޓާ ބޯނަސް އޮފާގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ކުރާ 50 ރުފިޔާ, ނުވަތަ އެއަށްވުރެ މަތީގެ ކޮންމެ ރިޗާޖަކާއެކު 5x ޑެއިލީ ބޯނަސް ޑޭޓާ ލިބޭނެއެވެ. ޑޭޓާ އޮފާތަކުގެ އިތުރުން އުރީދޫން ވަނީ އޮޕޯ ފޯނުތަކުގައި ވަރަށް ހާއްސަ ޑިސްކައުންޓް އޮފާ އެއްވެސް ތައާރަފްކޮށްފައެވެ. މި ޑިސްކައުންޓަށް ފަހު އޮޕޯ A1K 52 ޖީބީ ފޯނު މިހާރު އެންމެ 2098.99 ރުފިޔާއަށް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.