2021 ގެ ދިރާސީ އާ އަހަރު ފެށޭނީ އަހަރުގެ މެދުތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، 2021ގެ ދިރާސީ އަހަރު، އަހަރުގެ މެދު ތެރޭގައި ފެށުމަށް ނިންމާފައި ވަނީ ސޯޝަލް ކައުންސިލްގެ ލަފައާއެކު ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާ ގުޅުން ހުރި ފަރާތްރަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލެންޑަރަށް ގެނެޗޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިފަދައިން ނިންމާފައި ވަނީ އަންނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނު ލަސް ކުރުމުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައުގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް ކަމަށެވެ.

މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލު ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނު ފަސްކޮށްފައި ވަނީ އަންނަ އަހަރުގެ މޭ ޖޫން އަށެވެ. މި ބަދަލާއެކު އަލް މަދްރަސަތުލް އަރައްބިއްޔަތުން އިސްލާމިއްޔާގެ ދަރުވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިންތިހާނުތައް ވެސް މިއަހަރު ނޯންނާނެ ކަމަށެވެ. އަދި އެ އިމްތިހާނުތައް ވެސް އޮންނާނީ އަންނަ އަހަރު މޭ ޖޫން ގައި ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް އަރައްބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރު މޭ ޖޫން އިމްތިހާނުތައް ނިމެންދެން އެދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.