ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ގުޅިގެން އަންނަ ފިތުރު އާދަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އެންމެހާ މުސްލިމުން ފާހަގަކުރާ އުފާވެރި އީދެކެވެ. ބޮޑުޖަމާއަތުން ފަށާ އީދު ނަމާދާއި އާއިލާތައް އެކުގައި ބޭއްވޭ އީދު ކެއުމާއި، ހަދިޔާ ބަދަލުކުރުން ފަދަ ކަންކަމަކީ ޒަމާނީ އާދަކާދައިގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކު ވެސް، މި ރިވެތި އާދަކާދަ ދަމަހައްޓާ، ކޮވިޑް-19 ގެ ސަބަބުން ދުރުގައި ތިބި އެންމެ ގާތް އަދި ލޯބިވާ މީހުންނާ ގުޅުވާލަދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯމް، މޫލީގައި ވަނީ "އީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފާ އެއް މިއަދު އިއުލާންކޮށްފައެވެ. އީދަށް ހާއްސަކޮށް ތައާރަފް ކުރި މި އާ ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވާލެވޭނެއެވެ.

ހަދިޔާ ތަކުގެ ތެރެއިން، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސް ގެ އާދަޔާހިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް"، "ކެރަޓް ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް" ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯ އަދި ލިންކް ސާވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުރުން 'ތަކެތި' ފޮތް ވެސް ހިމެނެއެވެ.

އުރީދޫން ބުނީ އީދު ހަދިޔާ ފޮނުވުމަށް ކުރަންޖެހޭ ކަމަކީ އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކޮށް ކެޓެގަރީން އީދު ހަދިޔާ ހިޔާރުކުރުމަށްފަހު ބޭނުންވާ ހަދިޔާ ހިޔާރުކުރުން ކަމަށެވެ. އަދި ކާޓް އަށް ގޮސް ޗެކްއައުޓް ކުރުމަށްފަހު ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހާ، އޯޑަރު ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމް ކުރުމުން ނިމުނީއެވެ.

މޫލީ މެދުވެރިކޮށް އީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރި ފަރާތަކަށް ސެމްސަން ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސް އުރީދޫން ވަނީ ހުޅުވާލާފައެވެ. ލަކީޑްރޯ ގައި ބައިވެރިވުމަށް ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރުމަށްފަހު، ހަދިޔާގެ ފޮޓޯއެއް #EidHadhiyaa #DeliveredByMoolee ޖަހާފައި މިމަހު 30 ވަނަ ދުވަހުގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އީދު ހަދިޔާ އަށް އޯޑަރުކޮށް ހަދިޔާ ލިބޭފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދޭނެ ކަމަށެވެ. އުރީދޫން ބުނީ އީދު ހަދިޔާ ޕެކޭޖްގައި ހިމެނިފައިވަނީ ބައްލަވާގަތް އައިޓަމްގެ އިތުރުން އީދު ތަހުނިޔާ ކާޑަކާއި އެކު މޫލީގެ ސްޓިކާ އެއް ކަމަށެވެ. އަދި މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުން ދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން އުރީދޫން ބުނީ، ރާއްޖޭގެ ކޮންމެ ނެޓްވޯކަކުން ވެސް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމަށް މޫލީއިން މަރުހަބާ ކިޔާ ކަމަށެވެ.