ކޮވިޑަށް ޕޮޒިޓިވް ވި 17 ދުވަހުގެ ކުއްޖާގެ 2 ވަނަ ސާމްޕަލްގެ ނަތީޖާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ޔަގީން ނުވެ، އިތުރު ސާމްޕަލެއް ނަގާ ޓެސްޓް ހަދަން ޖެހޭ ކަމަށް ކޮވިޑް-19ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އިތުރު ސާމްޕަލެއް ނެގުމަށް ފަހު ނޫނީ އެ ކުއްޖާގެ ނަތީޖާ އަލުން ޔަގީން ނުކުރެވޭނެ ކަމަށެވެ.
އާއިލާގެ ފަރާތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެ އާއިލާގެ 9 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެންމެންވެސް ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 2 ވަނަ ސާމްޕަލް ނެގެޓިވް ވި މީހުންވެސް އެބަ ތިއްބެއެވެ. އެގޮތުން 17 ދުވަސް ވީ ކުއްޖާގެ މަންމައާއި ބައްޕަގެ ނަތީޖާވެސް ވަނީ ނެގެޓިވް ވެފައެވެ.
މީގެ އިތުރުން އެ އާއިލާއިން ބުނީ ކުއްޖާ ކޮވިޑަށް ޝައްކު ވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ސާންޕަލް ނެގުމަށް އެޗްޕީއޭއަށް ދެވުނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ސާމްޕަލް ނެގުމަށް ފަހު އެއީ ތުއްތު ކުއްޖަކަށް ވާތީ ހާއްސަ ކޭސްއެއްގެ ގޮތުގައި ސާމްޕަލްގެ ނަތީޖާ އަވަހަށް ލިބޭނެ ގޮތެއް ހަދައިދޭނެ ކަމަށް އެޗްޕީއޭއިން ބުނި ކަމަށްވެސް އެ އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނީ ނެގި ސާމްޕަލްގެ ނަތީޖާ ނުލިބި 2 ދުވަސް ވުމުން މިމަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއަށް ގުޅި ކަމަށާއި، އެދުވަހު އެޗްޕީއޭއިން ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނި ކަމަށެވެ.
ކުއްޖާ ޕޮޒިޓިވް ވުމުން އެޗްއައިއެޗް އަށް ބަދަލު ވެފައިވާ އެ އާއިލާއިން ބުނީ އެ ފެސިލިޓީ ރަނގަޅު ކަމަށާއި ނަމަވެސް އޮތް ކަންބޮޑުވުމަކީ ނެގި ދެވަނަ ސާމްޕަލް ގެ ނަތީޖާ ނުލިބުން ކަމަށެވެ.
ކުއްޖާގެ މަންމަ ބުނީ، 2 ވަނަ ސާމްޕަލް ނެގެޓިވް ވިޔަސް އަދި ޕޮޒިޓިވް ވިޔަސް ނުވަތަ ސާމްޕަލް ނެގުމުގައި ގޯހެއް އޮތަސް ނުވަތަ ނަތީޖާ ޔަގީން ނުވިޔަސް ބުނެލާނަމަ އެމީހުންނަށް ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ، އެމީހުން ތިބި ފެސިލީޓީ ރަނގަޅު ނަމަވެސް ތުއްތު ތުއްތު ކުއްޖަކު ގޮވައިގެން އެހެން ތިބެން ޖެހުމަކީ ހާސްކަމާއި ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
17 ދުވަސް ވީ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވީ އޭނާއާ ކޮންޓެކްޓް ވި އެ އާއިލާގެ ޕޮޒިޓިވް މީހެއްގެ ފަރާތުންނެވެ. އެއީ ކުއްޖާގެ އަންކަލްއެއް ކަމަށާއި އޭނާ އެ ކުއްޖާއާ ކޮންޓެކްޓް ވީ މިމަހުގެ 2 ވަނަ ދުވަހު ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.
އާއިލައިން އިތުރަށް ބުނީ، ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ނިއުބޯން އެއް ކަމަށް ވުމާއެކު ކުޑަކޮށް ވީޒިން ހުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާ އަށް ވިހޭތާ އެންމެ 17 ދުވަސް ކަމަށް އެޗްޕީއޭން ހާމަ ކުރީ މިމަހުގެ 17 ވަނަ ދުވަހެވެ.
ދެން އެންމެ ހަގު ކުއްޖަކަށް ފާހަގަ ވީ ކޮވިޑަށް ޕޮޒިޓިވް ވެ، ޓްރީޓޮޕްގައި ވިހޭ އަންހެނެކެވެ. އޭނާގެ ދަރިފުޅު ކޮވިޑަށް ނެގެޓިވް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ހާދަ ދޯދިޔާ ކޮށް ކަންތައްތައް މިދަނީ މިވަރުން ދާނަމަ ރާއްޖޭގައި މިބަލި ކޮންޓްރޯލް ނުވެ ގިނަދުވަސް ތަ ކެއް ވެއްޖެނަމަ ދިވެހީންގެ ހާލަ ކީ ކޮބައި ބާވައޭ ހިތައްއަރާ؟
ދޭ ޑިޒާވް ބެޓާ އިނގޭ. އެޗްޕިއޭ ޝުޑް އެޓެންޑް ވިތްއައުތް ފެއިލް.
ބަލަ މަބްރޫކޫ އޭނާއަށް ގުޅާލަ ބަލަ. ކިހާ ދެރަކަމެއް މީ. ރައީސް ނަޝީދު އެ ބުނަނީ ތެދެއް. ކަލޭމެނަކަށް މިކަމެއް ނުވެޔޭ. ދެންވެސް ނުވާވަރުން ކުރަން ނޫޅެ ލޮކްޑައުން އުވާލަވަބަލަ.
ވަރަށް ހިތާމަ ހުރި ކަމެއް. ތުއްތު ތުއްތު ބޭބީއެއް ގޮވައިގެން އުޅޭ މީހަކަށް އިހުސާސް ކުރެވޭނީ އުފުލަން ޖެހޭ ވޭނާއި ތަކުލީފް.
ވަރަށް ދެރަ ކަމެއް ތީ. އަޅެ ގުޅާލާފަ ބުނެބަލަ ވެގެން އުޅޭ ގޮތް މަބްރޫކޫ.
އެވަރުކަމެއް ވެދާނެ ދޯ. ކެތްތެރި ވާން ދަސްކުރަން ވާނެ. ތި ބުނީ ބޭބީ އޯކޭ އޭ. އެންމެން އޯކޭ އޭ. ދެން ކެތްތިވޭ. ކެތްތެރިންނާއެކު ﷲ ވޮޑިގެން ވަނީ.
އެޗްޕީއޭ ބިޒީ، މަ 1676 އަށް ގުޅާތާ 5 ދުވަސް. ކޮންމެ ފަހަރަކު ރިންގް ހުސްވެގެން ކެނޑެންދެން ހުންނަން. ނުނަގާ!
ތި ބުނީ ތެދެއް ހަމަ. މަ ވެސް ގުޅާ ގުޅާ ވަރުބަލިވެއްޖެ، ނުނަގާ ފޯނެއް. އެކަމަކު މަބްރޫކު ބުނާނެ ނަގާނޭ ގުޅާށެ. އަނެއްކާ މި ކޮވިޑެއް އައިފަހުން ކޮންމެ ކަމެއް ދިމާވިޔަސް ގުޅަން ޖެހެނީ 1676 އަށް. އެތަނަކުން ނަގަނީކީ ނޫން.
އެޗްޕީއޭއަށް އެވަރު ކަމެއް ކޮށް ނުލެވެނީ ކީއްވެ. ގައިމު އެ އާއިލާގެ އެހެން މީހުނަށް ގުޅާއިރު އެ ތުއްތު ބޭބީގެ ރިޒަލްޓްވެސް އޮންނާނީ އެ ކޭސް ނަންމަބަރުތަކުގެ ތެރޭގައި ނުން. މާ ދުރުން އެހެން ހިސާބެއްގައި އޮވެގެން މިސް ވާ ކަހަލަ ގޮތަކަށް ނޫނެއްނު ތި އޮތީ.