ޖަލުގައި "ފުޅައަޅާފައިވާ" ކާނާ ދޭ ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ރޭ ބުނީ، ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމުގެ ޝަކުވާ، އެއްވެސް ގައިދީއެއްގެ ފަރާތުން އެ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ގައިދީންނާ ސުވާލުވެސް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެފަދަ ކަމެއް (ފުޅައަޅާފައިވާ ކާނާ ދިނުން) ހިނގިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ފުޅައަޅާފައިވާ ކާނާ ދިނުން ފަދަ ކަމެއް ހިނގިތޯ އިތުރަށް ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ވެސް ހޯމް މިނިސްޓްރީން އެދިފައި ވާއިރު، މިއީ މި ފަހަކަށް އައިސް ޖަލުގައި ހިނގި ކަމަށް ދެކެވުނު އާ ވާހަކަ އެކެވެ.

ޖަލުގައި ގައިދީންނާއި ޖަލުގެ އޮފިޝަލުންނާ ދެމެދު މަދުން ނަމަވެސް ހަމަނުޖެހުންތަށް ހިނގައެވެ.