އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 31 އަށް އަރައިފިއެވެ.

މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިއަދު ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ ކޭސް 95 ކަމަށެވެ. ކޭސް 95 އަކީ، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 38 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެކެވެ.

އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވެހެވެ. އަދި އޭނާ ނިސްބަތް ވަނީ އޭއެމްޑީ ކްލަސްޓާއަށެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 33 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.