އައްޑޫއިން މާލެއަށް ގެނައި ބަލި މިހާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އޭނާއާ ކޮންޓެކްޓް ވި 7 ޑޮކްޓަރުންނާއި 10 ނަރުހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދިފައިވާ ކަމަށް ހާމަކޮށްފިއެވެ.
ފޭސްބުކް ލައިވް މެދުވެރިކޮށް އައްޑޫ ސިޓީ ކައުންސިލާއި އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ހިއްސާކުރަމުން ބުނީ، އައްޑޫއިން މާލެއަށް ގެނައި ބަލި މީހާ ޕޮޒިޓިވްވެފަިއ ވާއިރު އޭނާއާއި 26 މީހަކު ކޮންޓެކްޓު ވެފައިވާ ކަމަށެވެ. އޭގެތެރެއިން 7 ޑޮކްޓާރުންނާއި 10 ނަރުހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދިފައިވާ ކަމަށެވެ.
މިކޭސް އިތުރަށް ތަފްސީލް ކޮށްދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވީ، އިއްޔެ ހެނދުނު 8 ޖަހާކަށް ހާއިރު ބަލި މީހާ ފުރަތަމަ ދައްކާފައި ވަނީ އީއާރަށް ކަމަށެވެ. އެއަށް ފަހު ޖެނެރަލް ފިސީޗަންއަަކށް ދައްކާފައިވާ އިރު އޭނާއަޚި ހިތުގެ ބަލީގެ ޕޭޝަންޓޭއް ކަމަށް ޝަރަފު ފާހަގަކުރެވިއެވެ. ކާޑިއެކް ޓޭސްތުތައް ހެދުމަށްފަހު އެ ޕޭޝަންޓްގެ އިތުރު ޓެސްޓްތަކެއް ހަދަން ޖޭހޭތީ އައިޖީއެމްއެޗުން ހަދަން ރިފާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހިސާބުން އާސަންދައާ ގުޅިގެން ބަލި މިހާ މާލެއަށް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު ބަލި މިހާ ފުރުވާ ލެވުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ޝަރަފު ވިދާޅުވިއެވެ. ފަސް ވރަަކށް ޑޮކްތަރުން ވަނީ އެކި ފަހަރު މަތިން ބަލި މިހާއާ ކޮންޓްކްޓް ވެފައި ކަމަށާއި އޭގެއިތުރުން ޑިއުޓީގައި ތިބި ނަރުހުންގެ ތެރެއިން ތިން ޝިފްޓެއްގައި ތިބި ނަރުހުންވެސް ބަލި މީހާއަށް ހިދުމަތް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޝަރަފު ވިދާޅުވިއެވެ. ގާތްގަނަޑަކާށް މިވަގުތު 10 ވަރަކަށް ނަރުހުންނާއި 7 ޑޮކްޓަރުން އައިޑެންތިފައި ކުރެވިފައިވާ ކަމަށް ޝަރަފު ވިދާޅުވިއެވެ.
އައްޑޫއިން މާލެއަށް ގެންދިޔަ ޕޭޝަންޓު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ޝަރަފު ވިދާޅުވިއެވެ. މައުލޫމާތު ލިބުމާ އެކު ބަލި މީހާއާ ކޮންޓެކްޓް ވި ހުރިހާ ފަރާތްތަކަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑައިރެކްޓް ކޮންޓެކްޓްވީ މީހުން ދެނެގަތުމަށް މަސައްކަތް ކުރާއިރު މޯލްޑިވިއަންގެ ސްޓާފުންނާއި އެއާޕޯޓް މުވައްޒަފުންނާއި ބަލި މީހާއަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ހިމެނއެވެ. އޭގެތެރޭގައި އެޓެންޑެންޓުން ނަރުހުން އަދި ޑޮކްޓަރުން ހިމެނޭ ކަމަށް ޝަރަފު ވިދާޅުވިއެވެ. އަދި އެ ފަރާތްތައް ވަކިން ތަނެއްގައި އެކަހެރި ކުރެވިފައިވާ ކަމަށްވެސް ޝަރަފު ވިދާޅުވިއެވެ.
ޝަރަފު ވިދާޅުވީ އައްޑޫން ކޮވިޑު-19 އަށް ޕޮޒިޓިވްވީ ފަރާތާއި މިހާތަނަށް 26 ފަރާތެއް ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފެނިފައިވާ ކަމަށެވެ. އަދި ސެކަންޑަރީ ކޮންޓެކްޓްސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަރަފު ވިދާޅުވިއެވެ.
އައްޑޫ އިން މީހަކު ޕޮޒިޓިވްވުމާއެކު ކޮމިއުނިޓީ ސްޕްރެޑެއް ފެނިގެން ދާނެ ކަމަށް ބެލެވި މުޅި އައްޑޫ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. މި ލޮކްޑައުންގެ މުއްދަތަކީ 14 ދުވަހެވެ.