ށ. ފުނަދޫ ފަޅު ތެރޭގައި އޮތް އަޅާފައި އޮތް ޑިންގީއެއްގައި ހުއްދަ ނެތި ދެ މީހަކު ފުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އެ ޑިންގީ ފުރި ކަމަށް ރިޕޯޓުކުރީ އިއްޔެ ކަމަށެވެ. އަދި އެ ޑިންގީ ށ. ޅައިމަގާއި ހަމައަށް ދިޔަ ކަމަށާއި ނަމަވެސް ޅައިމަގާއިގާތް ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ ޑިންގީ ފެނިފައިވަނީ ރޭ 00:45 އެހާއިރު ފުނަދޫ އެއާޕޯޓު އުތުރު ކޮޅު ފަޅު ތެރެއިންނެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 32 އަހަރާއި 27 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ރޭގެ 10:00އާ ހަމައަށް ފުނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ލެވިފައެވެ. އެފަދަ ހާލަތެއްގައި ރަށުން ފޭބޭނީ ކަމާބެހޭ ފަރާތްތަކުގެ ފަރާތުން ލިބެން ޖެހޭ ހުއްދަތައް ލިބިގެންނެވެ.

އެއް ރަށުން އަނެއް ރަށަށް ފޭބުން މަނާ ކޮށްފައި ވަނިކޮށް އެތައް ރަށަކަށް މީހުން ވަނީ ހުއްދަ ނެތި އަރާފައެވެ. އެކަމާއި ގުޅިގެން އެތައް ބަޔަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.