ހެރެތެރަ ރިސޯޓަށް ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން ފަސް މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ އެ ފަސް މީހުން ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލާފައިވާ މީހުންގެ ތެރޭގައި ޖަލުން ދޫކޮށްލާފައި ވާ މީހުން ހިމެނެއެވެ. އަދި އެމީހުން ފިލައިގެން ގޮސް އަރާފައި ވަނީ ހުޅުދޫއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ހެރެތެރަ ރިސޯޓަކީ ކޮވިޑް-19 އާއި ގުޅިގެން މާލެއިން އައްޑޫއަށް އަންނަ މީހުން ކަރަންޓީނު ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއް ފެސިލިޓީއަށް ވާއިރު، އެތަނުގައި މިހާރުވެސް 92 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.

ހެރެތެތަ ފެސިލިޓީން ފިލި 5 މީހުންގެ ތެރޭގައި ފުވައްމުލަކާއި އައްޑުއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.