ގއ ކޮނޑޭގައި 6 ފޫޓު ކިނބުލެއް ހިފައިފިއެވެ. މި ކިނބޫ ހިފާފައި ވަނީ މިރޭ އިރާ ކޮޅު އެ ރަށުގެ ޒުވާނުންތަކެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮނޑެ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމު ވިދާޅުވީ، ކިނބޫ ހިފީ މަސްހިފަން އުޅުނު ޒުވާނުންތަކެއް ކަމަށާއި، ކިނބޫ މިހާރު އޮތީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

6 ފޫޓުގެ އެ ކިނބޫ ހިފީ އެރަށުގެ ފުއްޓަރު ފަރާތުން ކަމަށް ކަމަށް ހަކީމު ވަނީ ވިދާޅުވެފައެވެ. އަދި ކިބޫ ހިނފި މީހުން އެކަން އޭނާއަށް އެންގުމުން އެތަނަށް ވަޑައިގެންނެވި އިރު ކިނބޫ އޮތީ މޫދުގައި ކަމަށާއި، ނަމަވެސް ކިނބޫ ހިނފި މީހުންގެ ކޮންޓްރޯލަށް ގެންގޮސްފައި ވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކިނބޫ ގަދަހަދާ ފިލަން ނޫޅޭ ކަމަށެވެ.

"ބައެއް ކުދިން ކިޔާ 2 ކިނބުލޭވެސް، އެކަމަކު 2 ވަނަ އެއްޗެއް ނުދެކެން. މިހާރު ޕޮލިހަށް އަންގާފަ ވީ، އެމީހުން އެބަ އާދޭ"
ހަކީމް

ކޮނޑޭ ކައުންސިލުން ބުނީ މިހާރު ފުލުހުން އެރަށަށް ދާތީ ފުލުހުން ދާންދެން ކިނބޫ ބަލަހައްޓަމުން ގެންދާ ކަމަށެވެ.