ރާއްޖެއިން ކޮވިޑް19 އަށް އިތުރު 6 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ރައްޔިތެއް ކަމަށެވެ. އަދި މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، މުޅި ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދުވަނީ 220 އަށް އަރާފައެވެ. އޭގެތެރެއިން އެންމެ ގިނައިން ހިމެނެނީ ބިދޭސީންނެވެ. އެގޮތުން މިހާތަނަށް ކޮވިޑް19 އަށް 136 ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، 84 ދިވެހިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިހާރުވެސް މާލެ ސިޓީވަނީ ލޮކްޑައުންގެ ހާލަތުގައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.